އޭދަފުށީގައި ހުމުގެ ރޯގާއެއް ފެތުރެނީ

ބ. އަތޮޅުހޮސްޕިޓަލުން ހިދުމަތް ހޯދަން ގޮސް ތިބި ބައެއް: މި ދުވަސްވަރު މިރަށުގައި ވައިރަލް ހުމެއް ފެތުރެމުންދާ ކަމަށް ހޮސްޕިޓަލުން ބުނޭ.-ފައިލް ފޮޓޯ
ބ. އަތޮޅުހޮސްޕިޓަލުން ހިދުމަތް ހޯދަން ގޮސް ތިބި ބައެއް: މި ދުވަސްވަރު މިރަށުގައި ވައިރަލް ހުމެއް ފެތުރެމުންދާ ކަމަށް ހޮސްޕިޓަލުން ބުނޭ.-ފައިލް ފޮޓޯ

 

އޭދަފުށީގައި ހުމުގެ ރޯގާއެއް ފެތުރެމުންދާ ކަމަށް ބ. އަތޮޅު ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓުން ބުނެފި އެވެ.

ބ އަތޮޅު ހޮސްޕިޓަލްގެ ސީނިއާ ކޮމިއުނިޓީ ހެލްތް އޮފިސަރު ސިދްގީ އަބްދުﷲ ވިދާޅުވީ ހުން ޖެހިގެން ގިނަ އަދަދެއްގެ މީހުން ޑޮކްޓަރަށް ދައްކަން އަންނަ ކަމަށެވެ. ނަމަވެސް އެއީ މާ ސީރީއަސް ރޯގާއެއް ނޫން ކަމަށް އޭނާ ވިދާޅުވީ އެވެ.

“ހުން ޖެހުނީމަ ގައިގައި ރިއްސާ، ވަރުބަލިވެ، ހޮޑުލެވޭ ގޮތްވާނެ. އެހެން ނަމަވެސް މިއީ ކަންބޮޑުވާން ޖެހޭ ފަދަ ސީރިއަސް ކަމެއް ނޫން،” ސިދްގީ ވިދާޅުވި އެވެ.

ސިދުގީ ވިދާޅުވީ ވައިރަލް ހުން ފެތުރެމުން އަންނާތީ ސްކޫލް ކުދިންނާ އާއްމުން މިކަމާ ބެހޭ ގޮތުން ހޭލުންތެރި ކުރުވުމަށް މައުލޫމާތު ދީ، މަދިރި ކޮންޓްރޯލް ކުރުމަށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ އާއްމު ސާފުތާހިރު ކަމަށް އިސްކަން ދިނުމުން މި ފަދަ ރޯގާތައް ޖެހުން ދުރުކޮށްދޭނެ ކަމަށެވެ.

އެގޮތުން ވައިރަލް ހުން ޖެހިއްޖެނަމަ ގިނަ ވަގުތު އަރާމުކުރުމާއި، މީހުން ގިނަ ތަންތަނަށް ނުނިކުތުމާއި ކެއްސައި ކިނބިހި އަޅާއިރު އަނގަ ނިވާކުރުމާއި ގިނައިން ދިޔާ ތަކެތި އަދި ގޭގައި ތައްޔާރުކުރާ ތާޒާ ކާނާ ބޭނުންކުރުމަކީ ކުރަންޖެހޭ ކަމެކެވެ. އަދި ވައިރަލް ހުން ޖެހިގެން ތިން ދުވަހަށްވުރެ ގިނައިން މެދުނުކެނޑި ހުން އަންނަ ނަމަ ޑޮކްޓަރަށް ދައްކަން ވާނެ ކަމަށްވެސް ސިދުގީ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.