ޗައިނާގެ ޑޮކްޓަރުންގެ ޓީމު އޭދަފުއްޓަށް ޒިޔާރަތް ކުރާނީ ޖުލައި 3 ގައި

ޗައިނާގެ މެޑިކަލް ބޯޓު
ޗައިނާގެ މެޑިކަލް ބޯޓު

މި އަންނަ ހޮނިހިރު ދުވަހު ރާއްޖެ އަންނަ ޗައިނާގެ މެޑިކަލްޝިޕްގައި ހިމެނޭ ޑޮކްޓަރުންގެ ޓީމުން ބ. އަތޮޅު ހޮސްޕިޓަލުގައި ބަލިމީހުން ބެލުމަށް ހަމަޖެހިފައިވަނީ ޖުލައި 3 ވަނަ ދުވަހު ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނެފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ މޭނޭޖަރު އަހްމަދު ވަހީދު ވިދާޅުވީ، މެޑިކަލްޝިޕްގައި ހިމެނޭ ޗައިނާގެ ޚާއްސަ ޑޮކްޓަރުންގެ ޓީމުން އެ ހޮސްޕިޓަލުގައި ބަލިމީހުން ބެލުމަށް ހަރަކާތްތެރިވާނީ ޖުލައި 3 ވަނަ ދުވަހުގެ ހެނދުނު 9:00 އިން 3:00 އަށް ކަމަަށެވެ.

ވަހީދު ވިދާޅުވީ ޑޮކްޓަރުންނަށް ދެއްކުމަށް ހަމަޖެހިފައިވަނީ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންނަށް ދައްކައިގެން ސްކްރީން ކުރުމަށް ފަހު ކަމަށެވެ. ސްކްރީން ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ޖުލައި 1 ގެ ނިޔަލަށެވެ.

އޭދަފުއްޓަށް ވަޑައިގަންނަވާ ޗައިނާގެ ޑޮކްޓަރުންގެ ޓީމުގައި ހިމެނެނީ ފުއްޕާމޭގެ ބަލިތަކާއި، ހިތުގެ ބަލިތައް، ކުޑަކުދިންގެ ބަލިތައް، ކަރުންމަތީގެ ބަލިތައް އަދި އޮޕަރޭޝަން ބަލިތަކާބެހޭ ޚާއްސަ ޑޮކްޓަރުންނެވެ. މިއިން ކޮންމެ ޑޮކްޓަރަކުވެސް ބެއްލެވުމަށް ހަމަޖެހިފައިވަނީ 20 މީހުންނެވެ.

މިބޯޓުގެ ޑޮކްޓަރުންގެ ޓީމުން ކުރާ ޒިޔާރަތުގައި ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ބޭސް ވެސް ހިލޭ ފޯރުކޮށްދެވޭނެ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.