އޭދަފުށީ ކްލަބް ކޮމްބިނޭޝަން (ސީސީ) އިން އިންތިޒާމުކޮށްގެން ބާއްވާ ސީސީ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ސީސީ އިން ބުނީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި، މި އަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފީ އަކީ -/1500ރ ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޖުލައި 8 ވަނަ ދުވަހުގެ ރޭ 9:00 ގެ ކުރިން ބައިވެރިވުމުގެ ފީ އާއެކު ޓީމު ލިސްޓް ހުށަހަޅަން ޖެހެއެވެ.
މުބާރާތުގެ ގަވައިދާއި ބައިވެރިވުމަށްއެދޭ ފޯމް އަދި ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓްރީކުރާ ފޯމް ސީސީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭގޮތަށް އެ ކްލަބުންވަނީ ހަމަޖައްސައިފަ އެވެ.
ސީސީ އިން ބުނިގޮތުގައި މިފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ރޯދަމަހުގެ 8 ން 15 އަށެވެ. އަދި ކުއާޓަ ފައިނަލް މެޗުތައް އީދު ވިލޭރޭ ކުޅުމަށް ހަމަޖެހިފައިވާ އިރު ސެމީ ފައިނަލް މެޗުތައް އޮންނާނީ އީދު ދުވަހުގެ ރެއެވެ. ފައިނަލް މެޗު ކުރުމަށް ހަމަޖެހިފައިވަނީ އީދު ދެ ވަނަ ދުވަހުގެ ރެ އެވެ.
މުބާރާތާ ގުޅޭ ގޮތުން ސާފު ކުރަން ޖެހޭ މައުލޫމާތު 9661111 ނަންބަރު ފޯނާ ގުޅާލައިގެން ލިބޭނެ އިންތިޒާމް ސީސީން ވަނީ ހަމަޖައްސާފަ އެވެ.
fee ma bodu
ޓީބީ އާއި ޖެއްސުމަށް މިފަހަރު މިބާއްވަނީ. އަހަރެމެން ބައިވެރިއްނުވާނަން