ޕްރިމިއާ ލީގަށް ކޮލިފައިވެ، ފެހެންދޫން ބ. އަތޮޅު ހިނިތުން ކޮށްލައިފި

ދިވެހި ޕްރިމިއާ ލީގަށް ކޮލިފައި ވުމުން ފެހެންދޫ ޓީމުން އުފާ ފާޅުކުރަނީ- އީޓީ ފޮޓޯ/ޒުހުދާ

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުން ފުރުސަތު ހޯދައި މި އަހަރު ދިވެހި ޕްރިމިއާ ލީގަށް ބ. ފެހެންދޫ ކޮލިފައިވެ، އަތޮޅު ހިނިތުން ކޮށްލައިފި އެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގެ ޖާގަ ހޯދައި ޕްރިމިއާ ލީގުގެ ޖާގަ ކަށަވަރުކުރި ހަތަރު ޓީމަކީ ތިމަރަފުށްޓާއި ފެހެންދޫގެ އިތުރުން ފ. ނިލަންދޫ އާއި ށ. ފޯކައިދޫ އެވެ.

ފެހެންދޫން ވަނީ މިއަދު ށ. ފޯކައިދޫގައި ކުޅުނު މެޗުން އދ. ފެންފުށި އަތުން 6-1 އިން މޮޅުވެފަ އެވެ. މި މޮޅާ އެކު ގްރޫޕް ދޭއްގެ ދެވަނަ ޓީމުގެ ގޮތުގައި ފެހެންދޫ އަށް ވަނީ ސެމީގެ ފުރުސަތު ލިބިފަ އެވެ. އެއްވަނަ ޓީމުގެ ގޮތުގައި މި ގްރޫޕުން ސެމީން ޖާގަ ލިބުނީ ށ. ފޯކައިދޫ އަށެވެ.

މި ގްރޫޕުގައި ފެހެންދޫން ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗު ވަނީ ކާމިޔާބުކޮށްފަ އެވެ. ބަލިވީ ހަމައެކަނި ފޯކައިދޫ އަތުންނެވެ.

އަތޮޅު މުބާރާތް މިއަތޮޅުގައި އޮތް އެންމެ އާބާދީ މަދު ފެހެންދޫން ކާމިޔާބުކުރީ 2016 ވަނަ އަހަރުގެ ޗެމްޕިއަން އޭދަފުށި ބަލިކޮށްފަ އެވެ. އަދި ޒޯން މުބާރާތް ކާމިޔާބުކުރީ ރ. މީދޫ ބަލިކޮށްފަ އެވެ. މިއީ މި މުބާރާތުގައި ފެހެންދޫ ވާދަކުރި ފުރަތަމަ އަހަރެވެ.

ދިވެހި ޕްރިމިއާ ލީގުގެ ޖާގަ ލިބޭނީ މިނިވަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށްދާ ހަތަރު ޓީމުގެ އިތުރުން މިހާރު ކުރިޔަށްދާ އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަ ޓީމަކަށެވެ.

ދިވެހި ޕްރިމިއާ ލީގަށް ކޮލިފައި ވުމުން ފެހެންދޫ ޓީމުން އުފާ ފާޅުކުރަނީ- އީޓީ ފޮޓޯ/ޒުހުދާ

މިނިވަން ޗެމްޕިއަންޝިޕުގެ 2016 ވަނަ އަހަރުގެ ރަނަރަޕް ތިމަރަފުށި ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ނުކުންނާނީ ފެހެންދޫއާ ދެކޮޅަށެވެ. ދެ ވަނަ ސެމީ ފައިނަލުގައި ހޮނިހިރު ދުވަހު ފޯކައިދޫ ކުޅޭނީ ނިލަންދޫއާ އެވެ. ފައިނަލް މެޗު އޮންނާނީ މި މަހު 10 ވަނަ ދުވަހު މާލޭގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.