މިހާރު އެވޯޑްސްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި ރަން ބޫޓު ސެންޓޭ އަށް

ސެންޓޭ މިހާރު އެވޯޑްސްގެ ރަންބޫޓާ އެކު. ފޮޓޯ/މިހާރު

“މިހާރު” ނޫހުން މިދިޔަ އަހަރު ތައާރަފްކުރި “މިހާރު އެވޯޑްސް” ގެ ރާއްޖޭގެ މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑާއި ރަން ބޫޓް އޭދަފުއްޓަށް އުފަން އަލީ ފާސިރު (ސެންޓޭ) ހޯދައިފި އެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ރޭ ބޭއްވި ކުލަގަދަ އެވޯޑް ހަފުލާގައި ސެންޓޭ އެވޯޑް ކާމިޔާބުކުރީ މާޒިޔާގެ މުހައްމަދު އުމެއިރު އާއި ނިއުގެ އަލީ އަޝްފާގް (ދަގަނޑޭ) އާ ވާދަކޮށްގެންނެވެ.

ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ޓްރޮފީ ހަވާލުކޮށްދެއްވީ ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޒާހިރު ހުސެއިންނެވެ.

ސެންޓޭ މިހާރު އެވޯޑްސްގެ ރަންބޫޓާ އެކު. ފޮޓޯ/މިހާރު

ނިއު ރޭޑިއަންޓްގެ ފޯވާޑް ސެންޓޭ ވަނީ މިދިޔަ ސީޒަނުގެ ހުރިހާ މުބާރާތެއްގައި ނިއު އަށް 24 ލަނޑު ޖަހައިދީފަ އެވެ.

ސެންޓޭ ރަން ބޫޓު ހާސިލްކުރީ 47 ޕޮއިންޓް ހޯދައިގެންނެވެ. ސެންޓޭ އަށް ޕޮއިންޓް ލިބިފައިވާ ގޮތަށް ބަލާއިރު ގައުމީ ޓީމަށް ޖެހި ގޯލުތަކަށްވަނީ ނުވަ ޕޮއިންޓް ލިބިފައެވެ. މާލޭ ލީގުގައި ޖެހި ހަތަރު ގޯލަށް ހަތަރު ޕޮއިންޓް ލިބުނުއިރު، ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕްގައި ޖެހި 17 ލަނޑަށް ވަނީ 34 ޕޮއިންޓް ލިބިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.