މަސްތުވާ ތަކެއްޗާއެކު ދަރަވަންދޫން މީހަކު ހައްޔަރުކޮށްފި

ދަރަވަންދޫ އަތުލައިގަތް މަސްތިވާ ތަކެތި: ފޮޓޯ/ޕޮލިސް މީޑިއާ

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އޭދަފުށީ ޕޮލިސް ސްޓޭޝަނާއި ދަރަވަންދޫ ޕޮލިސް ޑެސްކް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ދަރަވަންދޫން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އިއްޔެ ހަވީރު 3:15 ހާއިރު އޭނާ ދިރިއުޅޭ ގެއިންކަމަށް ފުލުހުން ބުންޏެވެ.

އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަށިގަނޑާއި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު އެ ގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 10 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ދޮންފަނު މެޖިސްޓްރޭޓް ކޯޓަށް ޙާޒިރުކުރުމުން، މުއްދަތެއް ނެތްގޮތަށް ބަންދުގައި ބެހެއްޓުމަށްވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލަ މިރަށު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.