ދިރާގުގެ ހިއްސާއަކަށް 11.81 ރުފިޔާ ބަހަން ނިންމައިފި

ދިރާގަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 11.81ރ. ބަހަން މިރޭ ނިންމައިފި އެވެ.

ކުރުނބާ މޯލްޑިވްސްގައި ދިރާގުން މިރޭ ބޭއްވި އެ ކުންފުނީގެ 29 ވަނަ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންގެ ވޯޓާއެކު، ފާސްކޮށްފައިވަނީ އެ ކުންފުންޏަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި ލިބުނު 897.6 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހާށެވެ. އެއީ ކޮންމެ ހިއްސާއަކަށް 11.81ރ. އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި، ކަމަށްވާ ދިރާގަށް މިދިޔަ އަހަރު 898 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް ވަނީ ލިބިފަ އެވެ.

އެ ކުންފުންޏަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރިން އެއް ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.