ރަމަޟާން މުބާރިކް: މާދަމާ ރޯދަ

ބޮޑު މިސްކިތުގެ ކާޕެޓް ބަދަލުކޮށްފައި. ކާޕެޓް ހަދިޔާކުރީ އަމިއްލަ ކުންފުންޏަކުން

އިސްލާމީ ބައެއް ގައުމުތަކަށާއި ރާއްޖެއަށް މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނިފައިވާތީ މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު ރަމަޟާން މަހުގެ ހަނދާ ބެހޭ ގަރާރުގައި ބުނެފައިވާ ގޮތުން، މާދަމާއަކީ މި އަހަރުގެ މުލަ ރޯދަ ދުވަސް ކަމަށް ހަމަޖެއްސީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މިއަދުގެ އިރު އޮއްސުމަށް ފަހުގައި ހަނދު ފެންމަތީގައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާތީ އާއި، އިސްލާމީ ބައެއް ގައުމުތަކަށް މިރޭ ހަނދު ސާބިތުވެފައި ވާތީ އެވެ.

އިސްލާމިކް މިނިސްޓްރީން މިއަހަރަށް ތައްޔާރުކޮށްފައިވާ ކަލަންޑަރުގައިވެސް މާދާމައަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި ވަނީ ކަނޑައަޅާފަ އެވެ.

ބަރަކާތްތެރި ރަމަޟާން މަހުގެ މަރުހަބާއާއި ތަހުނިޔާ ދިވެހި ހުރިހާ ރައްޔިތުންނަށް އަރިސް ކުރަމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.