ކަމަދޫ ޒުވާނުންތަކެއް އެމްޑީޕީން ވަކިވެ، ޕީޕީއެމަށް ސޮއިކޮށްފި

ކަމަދޫން ޕީޕީއެމްއާ ގުޅުނު ޒުވާނުންގެ ފޯމަތައް ހަވާލުކުރަނީ

ބ. ކަމަދޫ ޒުވާނުންތަކެއް އެމްޑީޕީން ވަކިވެ، ޕީޕީއެމާ ގުޅިއްޖެ އެވެ.

އެރަށުން 8 ޒުވާނަކު ޕީޕީއެމްއަށް ވަނުމަށްއެދި ސޮއިކުރުމަށްފަހު، ފޯމުތައް ހަވާލުކުރީ އެރަށު ޕީޕީއެމް ޖަގަހައިގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެރަށުން ވާހަކަ ދެއްކި ޕީޕީއެމްގެ އެކްޓިވިސްޓަކު ބުނި ގޮތުގައި އިއްޔެ މައިގަނޑު ގޮތެއްގައި އެރަށުން ޕީޕީއެމާ ގުޅުނީ ކުރިން އިދިކޮޅު އެޕްޑީޕީގެ މެންބަރުންގެ ގޮތުގަިއ ތިބި ޒުވާން ކުދިންކޮޅެވެ.

“އޭގެ ތެރެއިން ހަތް މީހުންނަކީ ކުރިން އެމްޑީޕީގައި އުޅުން ހާޑްކޯ ކުދިންކޮޅެއް. ވަރަށް އަވަހަށް އަދިވެސް މިރަށުން އިތުރު ޒުވާނުން ޕީޕީއެމާ ގުޅޭނެ. މިރަށް ޕީޕީއެމްގެ ވަރުގަދަ ކިއްލާއަކަށް މިހާރު މިދަނީ ބަދަލުވަމުން،”

ކަމަދޫން ޕީޕީއެމްއަށް ސޮއިކުރި ޒުވާނުން ބުނި ގޮތުގައި އެ މީހުން ޕީޕީއެމްއާ ގުޅުނީ ރަށް ތަރައްގީ ކުރެވޭނީ ސަރުކާރު ހިންގާ ޕާޓީ އާއި ސަރުކާރާ ގުޅިގެންކަމަށްވާތީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.