ބ. އަތޮޅުގެ ދެ ކައުންސިލަރަކު ސަސްޕެންޑް ކޮށްފި

ދޮންފަނު ކައުންސިލްގެ މެމްބަރުން މޭ 3، 2017 ގައި ހުވާކުރައްވަނީ. އެރަށު ކައުންސިލުގެ ނައިބް ރައީސާއި ކެންދޫ ކައުންދޫ ކައުންސިލުގެ މެންބަރަކު ވަނީ ސަސްޕެންޓްކޮށްފައި

އެމްޑީޕީގެ ޕްރައިމަރީއާ ގުޅިގެން ބ. ކެންދޫ ކައުންސިލް މެންބަރު އިބްރާހީމް އަބްދުއް ރަހްމާން އާއި ދޮންފަނު ކައުންސިލްގެ ނައިބު ރައީސް ހަސަން ހަފީޒު ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ން އިއްޔެ ސަސްޕެންޑްކޮށްފި އެވެ.

ބ. އަތޮޅުގެ މިދެރަށުން ދެ ކައުންސިލަރުން ސަސްޕެންޑްކޮށްފައިވާ އިރު، ހަމަ މި މައްސލައިގާ މުޅި ރާއްޖެއިން 21 ރަށު ކައުންސިލަރަކާއި ފަސް އަތޮޅު ކައުންސިލަރުން ވެސް ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

ކައުންސިލަރުންނަށް އެލްޖީއޭން ފޮނުވި ސިޓީއެއްގައި ބުނީ އެ ކައުންސިލަރުން ޕްރައިމަރީގައި ބައިވެރިވެފައިވާ ކަމުގެ ހެކި އެލްޖީއޭއަށް ލިބިފައިވާ ކަމަށާއި އަދި އެ ކަމުގައި ކައުންސިލަރުން ބައިވެރިވެ، އަމަލީ ގޮތުން އެއްބާރުލުން ދީފައިވާ ކަމަށެވެ.

އެހެންވެ، މިއަދުން ފެށިގެން އެއްވެސް މުސާރައެއް ނުލިބޭ ގޮތަށް ކައުންސިލަރުން ތިން މަސް ދުވަހަށް ސަސްޕެންޑްކޮށް، އެއްވެސް ހައިސިއްޔަތަކުން ކައުންސިލް ތަމްސީލު ކުރުން މަނާކަމަށް އެލްޖީއޭން އެ ބޭފުޅުންނަށް ވަނީ އަންގާފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވީ، ނަޝީދަކީ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ވާއިރު، އެމަނިކުފާނު ބައިވެރިވެވަޑައިގެން ބާއްވާ ޕްރައިމަރީއެއް ގަވާއިދާ ޚިލާފު ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އަންގައި އެކަން އެގޮތަށް ނުކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފައި ވަނިކޮށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.