ފެހެންދޫން ވިކްޓްރީ ހިފަހައްޓައިފި

ވިކްޓްރީ އާއި ފެހެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އިމޭޖަސް.އެމްވީ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އަލަށް ވާދަކުރަމުންދާ ބ. ފެހެންދޫން ވިކްޓަރީ ސްޕޯޓްސް ކްލަބު މޮޅުވިޔަ ނުދީ ހިފަހައްޓައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ފެހެންދުއާއި ވިކްޓަރީ ބައްދަލުކުރި މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ފެހެންދޫއަކީ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރެއްގައި ހިމެނި، ޕްރިމިއާ ލީގުން ޖާގަ ހޯދި ޓީމެކެވެ. އަދި ވިކްޓަރީއަކީ މާލޭ ލީގުގެ ފަސްވަނައިގައި ނިންމާލި ޓީމެވެ.

ވިކްޓްރީ އާއި ފެހެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އިމޭޖަސް.އެމްވީ

މެޗަށް ފަހު ފެހެންދޫގެ ކޯޗު އަނިލް ބުނީ ދެ ޓީމުގެ ދެމެދުގައި އޮތް ތަފާތު ވަރަށް ބޮޑު ނަމަވެސް އެކަން ދަނޑުމަތީގައި ފެނިގެން ނުދިޔަ ކަމަށެވެ.

ވިކްޓްރީ އާއި ފެހެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އިމޭޖަސް.އެމްވީ

“އަހަރުމެންގެ ޓީމާއި ވިކްޓަރީއާ މި އޮތް ތަފާތު ކަމަކީ ނާސަރީން ފެށިގެން ޑިގްރީއާ ހަމައަށް ތަފާތު އޮތް ދެ ޓީމު. ނުލާހިކު މަދު އާބާދީއެއް އޮތް ރަށެއްގެ ޓީމެއް މި ހިސާބަށް އައިސް ޕޮއިންޓެއް ހޯދުމަކީ ވެސް ތަށްޓެއް ލިބުން ފަދަ ކަމެއް. ކުޅުންތެރިން ކައިރީގައި ބުނިގޮތަށް އެ ޑިސިޕްލިން ހިފަހައްޓައިގެން ކުރި މަސައްކަތް މިއީ،” އަނިލް ބުންޏެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީއާއި ބ. ފެހެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން — ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ވިކްޓަރީން ވަނީ ފެހެންދޫގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން ވިކްޓަރީގެ ބިދޭސީ ކުޅުންތެރިޔާ ސިމޯން ޓިބޯއަށް ލިބުނު ދެ ފުރުސަތެއް ފާހަގަކޮށްލެވެއެވެ. އޭނާ ފޮނުވާލި ފުރަތަމަ ހަމަލާ ފެހެންދޫގެ ގޯލާ އަމާޒުވެފައިނުވާ އިރު، ދެވަނަ ހަމަލާގެ ހުރަހަކަށްވީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ފެހެންދޫގެ ކީޕަރު އިބްރާހިމް ޒަޔާނެވެ.

ދިވެހި ޕްރިމިއާ ލީގުގައި ފެހެންދޫ ކުޅޭ ދެވަނަ މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެ ރޭ ޓީސީ ސްޕޯޓްސް އާ ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.