ޗައިނާގެ ޑޮކްޓަރުންނަށް ދައްކަން 100 އަށް ވުރެ ގިނަ މީހުން ސްކްރީން ކޮށްފި

0_137249463320_news

މިހާރު ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާ ޗައިނާގެ މެޑިކަލް ޝިޕް “އާކް ޕީސް”ގެ ސިއްޙީ ހިދްމަތަށް އެދި ބ. އޭދަފުށިން 100 އަށް ވުރެ ގިނަ މީހުން ސްކްރީން ކޮށްފައިވާކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނެފި އެވެ.

ބ. އަތޮޅުހޮސްޕިޓަލުން ބުނީ، ނޭވީ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމުން މާދަމާ އޭދަފުށީގައި ބަލި މީހުންނަށް ފަރުވާ ދޭން ފަށާނެ ކަމަށެވެ. އެގޮތުން ޗައިނާ މެޑިކަލް ބޯޓުގެ 8 ޑޮކްޓަރުން ހިމެނޭ ޓީމެއް އޭދަފުށީގައި ހަރަކާތްތެރިވާނެ ކަމަށްވެސް ވަހީދު ވިދާޅުވި އެވެ.

ހޮސްޕިޓަލުން ބުނީ ކޮންމެ ޑޮކްޓަރަކުވެސް ބަލާނީ 20 މީހުން ކަމަށެވެ.

“މިޝަން ހާމަނީ 2013” ގެ ނަމުގައި ޗައިނާ އާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތް ޖުލައި 5 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 8 ސަރަހައްދެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެެވެ.

މި މެޑިކަލް ބޯޓުގެ ޑޮކްޓަރުންގެ ޓީމުތަކުން ހަރަކާތްތެރިވަނީ އޭދަފުށީގެ އިތުރުން، ކ. ގުރައިދު އާއި އއ. ރަސްދޫ އާއި އދ. މަހިބަދޫ އާއި ގއ. ވިލިނގިއްޔާއި ހދ. ކުޅުދުއްފުއްޓާއި ޏ. ފުވައްމުލައް އަދި އައްޑު އަތޮޅުގެ އިތުރުން ސެނަހިޔާގެ ހޮސްޕިޓަލުގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.