ރިސޯޓް މުބާރާތް ހުޅުވައިދޭނީ ސޮނެވާ އާއި ވައްކަރު

ބ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތް ޖުލައި 27 ގައި ފަށާއިރު، މުބާރާތް ހުޅުވައިދޭ މެޗުގައި ބައްދަލުކުރާނީ ސޮނެވާފުށީ ރިސޯޓާއި ވައްކަރު މޯލްޑިވްސް ރިސޯޓެވެ.

ޖުމްލަ ހަތް ޓީމު ވާދަކުރާ މި މުބާރާތް ކުރިއަށްދާނީ މިމަހުގެ 27 – އޯގަސްޓް 12 އަށެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާ ދެ ރިސޯޓްގެ އިތުރުން ދެން މި މުބާރާތުގައި ކުޅޭ އަނެއް ހަ ރިސޯޓަކީ އެންމެ ފަހުގެ ޗެމްޕިއަން ދުސިތު ތާނީ މޯލްޑިވްސް، އަމިއްލަފުށީ ރިސޯޓް، ފިނޮޅު ރިސޯޓް، ރޯޔަލް އައިލެންޑް، އަނަތްރާ ކިހަވައް ވިލާސް އަދި މިލައިދޫ އައިލެންޑް ރިސޯޓް އެވެ.

މި މުބާރާތަކީ ބ. އަތޮޅުގެ ރިސޯޓްތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖުތިމާއީ ރޫހާއި ކުޅިވަރުގެ ރޫހު އާލާކުރުމުގެ މަގުސަދުގައި މީގެ ހަތް އަހަރު ކުރިން ކްލަބް ކޮމްބިނޭޝަން (ސީސީ) އިން ބާއްވަމުން އައި މުބާރާތެކެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މި މުބާރާތް ބާއްވަމުން އަންނަނީ އޭދަފުށީ ޒުވާނުންގެ ކްލަބުންނެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން އެންމެ ގިނަ ފަހަރަށް ހޯދީ ސޮނެވާފުށި ރިސޯޓް އެވެ. އެ ޓީމު ވަނީ ޖެހިޖެހިގެން ތިން އަހަރު މި މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ދެން މި މުބާރާތް ކާމިޔާބުކުރީ އަނަންތަރާގެ އިތުރުން ދި ސްމޯލް މޯލްޑިވްސް އައިލެންޑް (އަމިއްލަފުށި/ފިނޮޅު ރިސޯޓް) އަދި ދުސިޓް ތާނީ މޯލްޑިވްސް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.