ފޮޓޯ: އިދިކޮޅު ކެންޑިޑޭޓް އިބޫ ބ. އަތޮޅުގައި

އިދިކޮޅު ކެންޑިޑޭޓް އިބޫ، ބ. އަތޮޅަށް އިއްޔެ ފެއްޓެވި ކެމްޕެއިން ދަތުރުގެ ތެރެއިން. މި ދަތުރުފުޅުގަިއ އިބޫ މިއަތޮޅުގެ ނުވަ ރަށަކަށް ވަޑައިގަންނަވާނެ.

ރޭ ތުޅާދޫގައި ބޭއްވި ކެމްޕޭން ޖަލްސާ ގައި އިދިކޮޅު ކެންޑިޑޭޓް ވަނީ ބ. އަތޮޅުގެ އިތުރުން، ޖުމްލަކޮށް މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެސް ވައުދުތަކެއް ވެފަ އެވެ.

އެގޮތުން، އެ ބަޔަކު އެ ބައެއްގެ ރަށުގައި އުޅެވޭނެ ގޮތަށް ތަރައްގީ ކުރުމަށާއި މީހުން ދިރިއުޅޭ ރަށްރަށުން ހަ މަސް ދުވަހުގެ ތެރޭގައި ގޯތި ދޫކުރުމަށާއި ގެސްޓް ހައުސް ވިޔަފާރި މުޅި ރާއްޖެ އަށް ފުޅާ ކުރުމުގެ ވައުދު އޭނާ ތުޅާދޫ ގައި އިއުލާން ކުރެއްވި އެވެ. އަދި އެތެރޭގެ ވައިގެ އުދުހުންތައް އަގު ހެޔޮ ކުރުމަށާއި މިހާރަށް ވުރެ ބޮޑަށް ޓުއަރިޒަމް އިޝްތިހާރު ކުރުމާއި މަހުގެ އަގު ބޮޑު ކުރުމަކީ ވެސް އިބޫ އިއުލާން ކުރެއްވި ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އިބޫގެ މި ދަތުރުފުޅުގައި މިއަދު މެންދުރު އޭދަފުއްޓަށް ވަޑައިގަންނަވާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.