އޭދަފުށްޓާއި ދިއްގަރު ކުޅޭ މެޗު މިރޭ 8 ޖަހާއިރު

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގަދަ 16 ގައި އޭދަފުށްޓާއި މ. ދިއްގަރު މިރޭ ވާދަކުރާނެއެވެ. މިދެޓީމު ކުޅޭ މެޗު ފަށާނީ މިރޭ 8:15 ގައި މުބާރާތް ކުރިއަށްދާ މާފަންނު ގްރައުންޑް ގައެވެ.

އޭދަފުށި ގަދަ 16 އަށް ދަތުރުކުރީ ޒޯން ދޭއްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ޒޯން ދޭއްގައި އަލިފުށި އަތުން 4-1 އިން ބަލިވިއިރު ދެވަނަ މެޗުގައި މާފަރާ ވާދަކޮށް އޭދަފުށި މޮޅުވީ 5-0 އިންނެވެ. މ. ދިއްގަރު ގަދަ 16 އަށް ދަތުރު ކުރީ ޒޯން މުބާރާތުގައި އދ. ދަނގެއްޗާއި ވާދަކޮށް ދެލެގުން ކުރި ހޯދައިގެންނެވެ. ފުރަތަމަ މެޗު 3-2 އިން ކާމިޔާބު ކުރިއިރު ދެވަނަ މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.

މި މުބާރާތުގައި ރޭ ވަނީ ގަދަ 16 ގެ ތިން މެޗެއް ކުޅެފައެވެ. ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް ކުއާޓާ ފައިނަލަށް ދަތުރުކުރީ ތިމަރަފުށްޓާއި ލ. ގަމުގެ އިތުރުން އަލިފުށްޓެވެ. ގަދަ 16 ގެ ތިން މެޗެއް މިރޭވެސް ކުޅެވޭނެއެވެ. އޭދަފުށްޓާއި ދިއްގަރު ވާދަކުރާ މެޗުގެ އިތުރުން ދެން ކުޅޭނީ މާފަންނާއި ވަށަފަރު ބައްދަލުކުރާ މެޗާއި ނާވައިދޫއާއި ބޮޑުފުޅަދޫ ވާދަކުރާ މެޗެވެ.

މިރޭގެ މެޗުގައި އޭދަފުށްޓަށް ސަޕޯޓް ކުރުމަށް ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ދިއުމަކީ ޓީމުގެ އެދުމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.