ރޯޔަލް އަތުން މިލައިދޫ އަށް މޮޅެއް

އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުން ރޯޔަލް އައިލެންޑް ރިސޯޓް އަތުން 2-0 އިން މިލައިދޫ އައިލެންޑް މޮޅުވެއްޖެ އެވެ.

މި މެޗުގައި މިލައިދޫން ލީޑް ނެގީ މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު އެވެ. މެޗުގެ 26 ވަނަ މިނިޓްގައި މުހައްމަދު އަކްރަމުގެ ލަނޑުން މިލައިދޫން ލީޑުނެގިއިރު، މެޗު ނިމެން ފަސް ވަރަކަށް މިނިޓަށް ވެފައި ވަނިކޮށް އެ ޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބުކުރީ އަލީ ޒުބައިރު އެވެ.

މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބުނީ މިލައިދޫގެ މުހައްމަދު ތަސްމީން އަށެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ސޮނެވާފުށި ކުޅޭނީ އަމިއްލަ ފުށި ރިސޯޓާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.