ދަރަވަންދޫ އެއާޕޯޓުން ހިފަހައްޓާފައިވާ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

އެކި މައްސަލަތަކުގައި ބ. ދަރަވަންދޫ އެއާޕޯޓުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި ބިޔަރު ދަޅުތަކެއް ނައްތާލައިފި އެވެ.

އެ ތަކެތި ނައްތާލީ، މިފަދަ މައްސަލަތަކާ ގުޅިގެން ހިފަހައްޓާ ތަކެތި ނައްތާލުމަށް ގާއިމްކޮށްފައިވާ އުސޫލުގެ ދަށުން، މިދިޔަ ހޯމަދުވަހު ދަރަވަންދޫ ކުނިގޮނޑާ ދިމާ އަތިރިމަތީގަ އެވެ.

ނައްތާލި ތަކެއްޗަކީ 167 އިންސިޑެންޓެއްގައި ހިމެނޭ އެކި ބްރޭންޑް ތަކުގެ 143 ފުޅި ބަނގުރަލާއި 148 ބިޔަރު ދަޅެވެ.

ފުލުހުން ބުނިގޮތުގައި މިއީ މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މޭ މަހުގެ ނިޔަލަށް ދަރަވަންދޫގައި ޤާއިމްކޮށްފައިވާ ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓަށް ފުރަންދާ ފަތުރުވެރިންގެ އަތުން ހިފަހައްޓާފައިވާ ތަކެއްޗެވެ.

މިތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.