ކިހާދޫ ސްކޫލް ޑިނާ ނައިޓުން އެއްލައްކައަށްވުރެ ގިނަ ރުފިޔާ

ބ. ކިހާދޫ ސްކޫލުގެ ޕީޓީއޭގެ ފަންޑް ރައިސް ކުރުމުގެ ގޮތުން ޕީޓީއޭ އާއި ސްކޫލު ގުޅިގެން ބޭއްވި ޑިނާ ނައިޓުން ލައްކައެއްހާ ރުފިޔާ ހޯދައިފި އެވެ

ކިހާދޫ ސްކޫލުން ބުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ “ދިވެހި ސުފުރާ” ގެ ނަމުގައި ބޭއްވި ޑިނާ ނައިޓަށް މިއަހަރުވެސް ގިނަ އަދަދެއްގެ މީހުން ޒިޔާރަތްކުރި ކަމަށާއި، ވަގުތީ ހިސާބުތައް ދައްކާގޮތުން 155489ރ ލިބުނު ކަމަށެވެ. ޑިނާ ނައިޓްގައި ޓިކެޓް ވިއްކީ 150ރ އަށެވެ.

ކިހާދޫ ސްކޫލުގެ ޑިނާ ނައިޓަށް ތައްޔާރުވުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ހިލޭ ސާބަހަށް އެރަށު ފިރިހެން ވެރިން އަމިއްލަ އޮޑިފަހަރުގައި މަސްބާނައި، މަސްކަނޑާ، މަސްފިހެ ހަދައިދެ އެވެ. އަދި ހުރިހާ ތަކެތި ތައްޔާރުކޮށްދެނީ ވެސް ރައްޔިތުން ހިލޭ ސާބަހަށެވެ.

ކިހާދޫ ސްކޫލުން ބުނިގޮތުގައި މި ހަރަކާތް މިހާ ފުރިހަމަކޮށް ކުރިޔަށް ގެންދެވެނީ މިކަމަށް އެރަށު ކިހާދޫ ރައްޔިތުން ބަހައްޓަވާ ހާއްސަ ސަމާލުކަމެއްގެ ސަބަބުންކަމަށާއި ރައްޔިތުން ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށެވެ.

ކިހާދޫ ރައްޔިތުން ގުޅިގެން، އަތޮޅު ތެރޭގެ ބައެއް ރިސޯޓުތަކުގެ އެހީއާއި އެކު، އެތައްދުވަހެއްގެ ބުރަމަސައްކަތުން 2010 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ހަރަކާތުގެ ސަބަބުން ކޮންމެ އަހަރަކުވެސް އެ ސްކޫލުގެ ޕީޓީއޭ އަށް ބޮޑު އާމްދަނީއެއް ލިބެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.