ރޭގަ ދިރާގު ގެ ހިތް ފެނުނުތަ؟

ރޭގަ މީސް މީޑިއާގައި އެންމެ ގިނައިން ފެނުން އެއް ފޮޓޯ އަދި ވީޑިއޯ އަކީ ދިރާގު ހެޑް އޮފީސް ބިލްޑިންގ ގައި ދިއްލާފައިވާ ހިތެވެ.

މި ހިތްގައިމު މަންޒަރު ދިރާގުން ދައްކުވައިދޭން ބޭނުންވި ސަބަބަކީ ބައިނަލް އަގުވާމީ ހިތުގެ ދުވަސް ފާހަގަކުރުމަށް ހޭލުންތެރިކަން އިތުރު ކުރުމަށެވެ.

29 ސެޕްޓެމްބަރ، މި ދުވަހަކީ ދުނިޔޭގެ މަޝްހޫރު ބިނާތަކާއި ބިލްޑިންގ ތައް ވޯލްޑް ހާރޓް ޑޭގެ މުނާސަބަތުގައި ރަތް ކުލައިން ދިއްލުވާލާ ދުވަހެކެވެ.

ރާއްޖޭގައި ހިލޭ ސާބަހަށް މަސައްކަތްކުރާ، ހިތުގެ ބަލިތައް ހުންނަ ކުޑަކުދިންނަށް އެހީވުމަށް މަސައްކަތްކޮށްދޭ އެން ޖީ އޯ ޓައިނީ ހާރޓްސް އޮފް ދަ މޯލްޑިވްސް އިން ބުނާ ގޮތުގައި ތަފާތު ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި %40 ބޮޑެތި މީހުން އަދި ކުޑަ ކުދިން ޕްރިމެޗްއަރ ކޮށް މަރުވާ ސަބަބީ ހިތާއި ލޭނަރުތަކުގެ ބަލިތަކެވެ. އަދި މިއީ ހޭލުންތެރިކަން އިތުރު ކުރުމަށް ދުނިޔޭގެ ފެންވަރުގައި މަސައްކަތް ކުރުމަށް ބޭނުން ވެފައިވާ ކެމެކެވެ.

ދިރާގުގެ އިޖުތިމާއީ ޒިންމާ ގެ ދަށުން ޓައިނީ ހާރޓްސް އޮފް މޯލްޑިވްސް އަށް އެއްބާރުލުން ދީ އަދި މި އެންޖީއޯ އާއި ގުޅިގެން މަސައްކަތް ކުރަމުން ގެންދެއެވެ.

އެގޮތުން ދިރާގުން ފާއިތުވި ރޯދަ މަހަށް ހާއްސަކޮށް މޯބައިލް ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް 2 ޑޭޓާ ޕެކެއް ތަޢާރަފް ކޮށްފައިވިއެވެ. އަދި ހަމަ އެއާއެކު މި ބަންޑަލް ތަކާއި އެކު ދިރާގުން ވަނީ ކޮންޖެނެޓަލް ހާރޓް ޑިޒީޒް އަށް ހޭލުންތެރި ކުރުމުގެ ގޮތުން ހާއްސަ ވީޑިއޯ އެއްވެސް މީސް މީޑިއާގައި ތައާރަފްކޮށްފައިއެވެ. މި ޑޭޓާ ބަންޑަލްތައް އެންމެ ހާއްސަވެގެން ދިޔަ ކަމަކީ ދިރާގު ކަސްޓަމަރުން މި ބަންޑަލްތައް ބައްލަވައިގަތުމުން އޭގެ ޕަސަންޓެއް ޓައިނީ ހާރޓްސް އޮފް ދަ މޯލްޑިވްސް އަށް ހަދިޔާ ކުރެވިގެންދިޔަކަމެވެ. އެހެންކަމުން، މި ބަންޑަލްތަށް އެކްޓިވޭޓްކުރަށްވައިގެން ލިބުނު ފައިސާ ވެގެން ދިޔައީ ސީދާ ދިރާގު ކަސްޓަމަރުންގެ ފަރާތުން ނާޒުކު ކުދި ކުދި ހިތްތަކަށް ދެވުނު ހަދިޔާއަކަށެވެ.

އެގޮތުން މި ޑޭޓާ ބަންޑަލް ތަކުން ލިބުނު 411,068 ރުފިޔާ ދިރާގު ހެޑް އޮފީހުގައި ބޭއްވި ހަފުލާއެއްގައި ޓައިނީ ހާރޓްސް އޮފް ދަ މޯލްޑިވްސް އަށް ވަނީ ހަދިޔާ ކޮށްފައިއެވެ.

ޓައިނީ ހާޓްސް އޮފް ދަ މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލް ޖީހާން އަހުމަދު (ޖީއްކޮ) ވިދާޅުވީ “ދިރާގުގެ ފަރާތުން މި ހާއްސަ ޕެކޭޖްގެ ޒަރިއްޔާއިން ވަރަށް ހާއްސަ ގޮތަކަށް ދިވެހި ރައްޔިތުން މެދުވެހިކޮށް ވެދެއްވި މި އެހީ އަކީ އެއް މުއައްސަސާގެ ފަރާތުން މިހާތަނަށް ޓައިނީ ހަރޓްސް އަށް ވެދެއްވި އެންމެ ބޮޑު އެއީ. އަދި މީގެ ސަބަބުން ދުޅަ ހެޔޮ މުގުތަމައުއެއް ބިނާ ކުރަން ޓައިނީ ހަރޓްސް އިން ކުރަމުން ގެންދާ މަސަކަތްތަކަށް އިތުރު ހިއްވަރެއް ލިބިގެންދިޔަ. އަދި ޓައިނީ ހާރޓްސް ގެ މެނޭޖްމެންޓާއި އަދި ކުދިންގެ ފަރާތުން ވަރަށް ބޮޑަށް ދިރާގަށް ޝުކުރު އަދާ ކުރަން.”

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.