އޭދަފުށީގައި މެހި ގިނަވެ، އުޅެން އުނދަގޫވެއްޖެ!

އާދަޔާ ހިލާފަށް މެހި ގިނަވާތީ، އެކަން ހުއްޓުވުމަށް އިއްޔެ ކުނިކޮށި ސާފުކުރަނީ—އީޓީ ފޮޓޯ

އޭދަފުށީގައި އާދަޔާ ހިލާފަށް މެހި ގިނަވެ، އާންމުންނަށް އުޅެން އުނދަގޫވުމާ ގުޅިގެން މެހި ނައްތާލުމަށް ރަށު ކައުންސިލުން ފިޔަވަޅުތަކެއް އަޅަން ފަށައިފި އެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވި ގޮތުގައި ރަށު ތެރޭގައި މެހި ގިނަވީ، ކުނި އުކުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ގަވާއިދާ ހިލާފަށް ބަދިގޭގައި އުފެދޭ ޑަސްބިން ކުންނާއި ކުނިވާ ޒާތުގެ ތަކެތި ކުނިކޮށްޓަށް އަޅަމުންދާތީ އެވެ. އަދި ދާދި ފަހުން ކުރި ވިއްސާރައިގެ ތެރޭގައި ގަވާއިދާ ޚިލާފަށް ކުނިކޮށްޓަށް ޖަމާވި ކުނިތައް ނައްތާލުމުގައި ދަތިތަކަކާ ދިމާވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“މިއީ ވަކި ވިއްސާރަވެގެން ދިމާވާ ކަމެއް ނޫން. ކުނި އުކުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ގަވައިދާ ޚިލާފަށް ކުނި އަޅާތީ ދިމާވާކަމެއް މިއީ، ކުނިވާ ޒާތުގެ ޑަސްބިން ކުނިފަދަ ތަކެތި އަޅާތީ މެހި ގިނަވަނީ. މިކަން ހައްލުކުރެވޭނީ އާންމުންވެސް ވަރަށް ބޮޑަށް މިކަމަށް އެއްބާރުލުންދީގެން،” ތޮލާލު ވިދާޅުވި އެވެ.

އޭދަފުށީ ކައުންސިލުން ބުނީ އާދަޔާ ހިލާފަށް މެހި ގިނަވާތީ، އެކަން ހުއްޓުވުމަށް ކުނިކޮށި ސާފުކުރުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ.

ނަމަވެސް އީޓީ އާ ވާހަކަދެއްކި ބައެއް މީހުން ބުނި ގޮތުގައި މިގޮތަށް މެހި ގިނަވީމަ ގޮނޑު ސާފުކޮށްލުމުން އެކަން ހައްލުކުރެވުނީ ކަމަކަށް ނުބެލެވެ އެވެ. އޭގެ ބަދަލުގައި އެކަން ހައްލުވާން އޮތީ ގަވައިދާ ޚިލާފަށް ރަޖިސްޓްރީ ނުކޮށް ކުނިއަޅާ މީހުންނާ ދޭތެރޭ ހަރުކަށި ފިޔަވަޅު އަޅައިގެން ކަމަށް އޭނާ ބުންޏެވެ.

މެއްސަކީ ގިނަ ބަލިތައް ފެތުރެން މެދުވެރިވާ އެއްޗެކެވެ. ޑެންގީ ހުމާއި ރޯގާ ފެތުރެމުންދާ މި ދުވަސްވަރު ގިނަ ބަޔަކަށް ބަލި ޖެހެން މެދުވެރިވާ ވަސީލަތަކަށް މެހި ވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. Avatar
    Ali

    Nikan fiyavalhu alhaabala. Konbaeh vote dheegen hovaafa thithiby. Rajistry nukuriyas kuni alhaane thaneh rayyithunnah dhakkan jeheyne. Rajistry kuriyas adhi laari dhekiyas councilun ukany vaki baavathehge kuni. Anebai rayyithu meeha amilla ah. Dhen koba rajistry kurumuge beynuneh.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.