ދިރާގު “ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް” އަންނަ ހޯމަ ދުވަހު

ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް އާ ގުޅޭގޮތުން މައުލޫމާތު ދެނީ— ފޮޓޯ/ދިރާގު

ރާއްޖޭގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން ރާއްޖޭގެ މުއާސަލާތީ ކުންފުނި، ދިރާގުން ބާއްވާ “ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް” އަންނަ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ދިރާގުން ބުނީ ހެންވޭރު ދަނޑުގައި އަންނަ ހޯމަ ދުވަހުގެ ހަވީރު 16:00 އިން އިރުއޮއްސި 18:00ގެ ނިޔަލަށް އެ ފެސްޓިވަލް ކުރިއަށްދާނެކަމަށެވެ.

ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން މެނޭޖަރު ބިޝާރާ ހަމީދު ވިދާޅުވީ މި އަހަރުގެ ފެސްޓިވަލްގައި ހަތަރު އެންޖީއޯ އަދި 11 ސްކޫލެއް ބައިވެރިވެފައިވާ ކަމަށެވެ. މި ފެސްޓިވަލަކީ 2011 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދަމުން އަންނަ ފެސްޓިވަލެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

“ފެސްޓިވަލްގެ މައިގަނޑު މަގުސަދަކީ ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެއްތާކުން އެ ހުރިހާ ކުދިންނަށް މަޖާކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުން. އެފަދަ ކުދިންގެ ކޮންފިޑެންސް ލެވެލް އިތުރުކުރުން،”

ވަނަ ވަނައަށް އަންނަ ކުދިންނަށް މެޑަލް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި ނުކުޅެދުންތެރިކަން ހުންނަ ކޮންމެ ކުއްޖަކަށް ވެސް މި ފެސްޓިވަލްގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގައި ކުޅެން ހަމަޖެހިފައިވާ ކުޅިވަރުތަކުގެ ތެރޭގައި ބެޓްން ރިލޭ، ދުވުން ފަދަ ކުޅިވަރު ހިމެނެއެވެ. މި އަހަރުގެ ފެސްޓިވަލްގައި ޖުމްލަ 390 ކުދިން ބައިވެރިވާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.