އުރީދޫ ސުޕަނެޓް މުޅި އައްޑޫ ސިޓީ އަށް ދޭންފަށައިފި

އުރީދޫ ސުޕާނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ދޭން ފަށައިފި އެވެ.

އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް އުރީދޫ ސުޕަނެޓްގެ ހިދުމަތް ތައާރަފުކޮށްފައި ވަނީ އެ ސިޓިގައި މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ. އެ ހަފްލާގައި އައްޑޫގެ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގާއި އުރީދޫގެ ސީއީއޯ ނަޖީބް ޙާން، ސީސީއޯ ބާލާޖީ ސްރިނިވާސަން އަދި ޑައިރެކްޓަރު އޮފް ސޭލްސް އެންޑް ބްރޭންޑް ހުސެން ނިޔާޒުގެ ބައިވެރިވި އެވެ.

އުރީދޫ އިން ބުނީ އަބަދު ވެސް އެންމެ އިސްކަންދެނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ހަލުވި އިންޓަނެޓުގެ ހިދުމަތް ދިނުމަށް ކަމަށެވެ.

މުޅި ރާއްޖެއަށް ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް ތައާރަފްކުރުމަށް އުރީދޫ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އައްޑޫ ސިޓި އަށް ސުޕަނެޓުގެ ހިދުމަތް ތައާރަފުކޮށް އައްޑޫ ސިޓީގެ ކަސްޓަމަރުންނަށް އޮފާ އެއް ވަނީ ތައާރަފް ކޮށްފަ އެވެ. އައްޑޫ އިން މި ހިދުމަތަށް އެދޭއިރު އެއްވެސް އެކްޓިވޭޝަން ފިއެއް ނުނަގާނެ ކަމަށާއި ޑިޕޮސިޓްއެއް ވެސް ބަހައްޓަން ނުޖެހޭ ކަމަށް އުރީދޫ އިން ބުނެ އެވެ.

މި ހިދުމަތުގެ ދަށުން ދެ އެމްބީޕީއެސް އިން ފެށިގެން 100 އެމްބީޕީއެސް އާއި ދެމެދުގެ ސްޕީޑުތަކުގައި، ކަސްޓަމަރުންގެ އެކި ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކުރެވިފައިވާ ސުޕަނެޓް ބްރޯޑްބޭންޑް ޕެކޭޖުތައް އުރީދޫ އިން ލިބޭނެ އެވެ. އުރީދޫ އިން ވަނީ 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭން އަކާއި އެކު ސުޕާނެޓްގެ ރައުޓަރު ގަނެވޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ.

ސުޕަނެޓް ޕެކޭޖުތައް ވާނީ ފޭސްބުކް، ޔޫޓިއުބް، ނެޓްފްލިކްސް ފަދަ އެޕްލިކޭޝަންތައް ބޭނުންކުރާ އިރު ފަސޭހަވާނެހެން އޮޕްޓިމައިޒް ކޮށްފައިކަމަށް އުރީދޫ އިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.