އުރީދޫ ކަލަރ ރަންގެ އެކްސްޕޯ ނޮވެމްބަރ 18 އަދި 19 ގައި

އުރީދޫ ކަލަރ ރަން 2018ގެ އެކްސްޕޯ އަންނަ އާދީއްތަ އަދި ހޯމަ ދުވަހު ނެޝަނަލް އާޓް ގެލަރީގައި ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.

އުރީދޫން ބުނީ މިއަހަރުގެ ކަލަރ ރަން އަށް ރެޖިސްޓާ ވެފައިވާ ދުވުންތެރިންނަށް، ތިރީގައި އެވާ ވަގުތު ތަކުގައި އެކްސްޕޯ އިން، ކަލަރ ރަންގެ ކިޓުތައް ބައްލަވައިގަނެވޭނެ ކަމަށެވެ.

އުރީދޫ ކަލަރ ރަން އެކްސްޕޯ ކުރިއަށްދާނެ ގަޑި ތަކަކީ:

• ހެނދުނު 10.00 އަކުން ހަވީރު 6.00ގެ ނިޔަލަށް
• ރޭގަނޑު 8.00 ން 10.00 އަށް

އުރީދޫން ބުނި ގޮތުގައި ކަލަރ ރަންގެ ކިޓްތައް ބައްލަވައިގަތުމަށް، ރެޖިސްޓަރ ކުރި ފަރާތުގެ އައިޑީ ކާޑު، އަދި ރެޖިސްޓަރ ކުރެއްވި ކަމުގެ ރަސީދުގެ ޕްރިންޓް ކުރެވިފައިވާ ނުވަތަ ޑިޖިޓަލް ކޮޕީ އެއް ގެންނަންޖެހޭނެއެވެ. އަދި ރެޖިސްޓަރ ކުރެއްވި ފަރާތުގެ ބަދަލުގައި ކިޓް ނެންގެވުމަށް، ކިޓް ހަވާލުވާ ފަރާތުގެ އައިޑީ ކާޑު، ރެޖިސްޓަރ ކުރެއްވި ފަރާތުގެ އައިޑީ ކޮޕީ، އަދި ރެޖިސްޓަރ ކުރެއްވި ކަމުގެ ޕްރިންޓް ކުރެވިފައިވާ ނުވަތަ ޑިޖިޓަލް ރަސީދު ބޭނުންވާނެ ކަމަށް ވެސް އެ ކުންފުނިން ބުންނެވެ. އައިޑީ ކާޑުގެ ބަދަލުގައި، އެބޭފުޅެއްގެ އޮރިޖިނަލް ޕާސްޕޯޓު ނުވަތަ ލައިސަންސް ކާޑު ގަބޫލުކުރެވޭނެއެވެ.

އުރީދޫން ބުނީ އެކްސްޕޯ ނިމުމަށްފަހު، ހަވާލުނުވާ އެއްވެސް ކިޓެއް ވާނަމަ، އަލުން ރެޖިސްޓްރޭޝަން ހުޅުވާލެވޭނެ ކަމަށެވެ.

ކިޓުތައް ދޫކުރުމުގެ އިތުރުން، އުރީދޫ އާއި ކަލަރ ރަންގެ ޕާޓްނަރުން ކަމުގައިވާ ޔުނިކްސް ސްޕޯޓިންގ، ކޯޗް ޝުޖާއު، އައިރަނަރސް އަދި ބަރިސްޓަރ މޯލްޑިވްސްގެ ފަރާތުން އެކްސްޕޯގެ ބައިވެރިންނަށް ޚާއްސަ ހަރަކާތްތަކެއް ހަމަޖައްސާފައިވާ ކަމަށްވެސް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓަކަށްވާނެ ކަމަށެވެ. އަދި ތަފާތު ކުލަތަކާއި އެކު، އުފާވެރި މާޙައުލެއްގައި ބާއްވާ އުރީދޫގެ މަޤްބޫލު ދުވުން މި އަހަރު އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި، ނޮވެމްބަރ 23 ވަނަ ދުވަހަށް ވަނީ ކައިޓް ފެސްޓިވަލް އަކާއި ފޯރިގަދަ މިއުޒިކް ޝޯ އެއްވެސް ބޭއްވުމަށް ވަނީ އިންތިޒާމް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.