ބ. އަތޮޅު ކައުންސިލުގެ ރައީސް މަބުރޫކް އޭދަފުށީ ދާއިރާއަށް ކުރިމަތިލައްވަނީ

މަބުރޫކް ނަސީރު، ކުރީގެ ރައީސް ނަޝީދުއާއެކު– އީޓީ ފައިލް ފޮޓޯ

ބ. އަތޮޅު ކައުންސިލުގެ ރައީސް މަބުރޫކް ނަސީރު، އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އޭދަފުށީ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިއަދު އިއުލާން ކުރައްވައިފި އެވެ.

ބ. އަތޮޅު ކައުންސިލަރެއްގެ ގޮތުގައި ދެވަނަ ދައުރު ފުރުއްވަމުން ގެންދަވާ މަބުރޫކް ނަސީރު “އީޓީ” އަށް ވިދާޅުވީ، މާޅޮސް ހިތާދޫ އޭދަފުށީ މި ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާތީ ދާއިރާގެ ރައްޔިތުން އޭނާ އަށް ތާއީދުކޮށް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި ގޮތުގައި އޭދަފުށީ ދާއިރާގެ ގޮނޑިއަކަށް ވާދަކުރައްވަން ނިންމެވީ، ވޭތުވެދިޔަ ދިހަ އަހަރު މަޖިލީހުގައި މިދާއިރާއަށް އިހުމާލުވެފައިވާ ކަމަށް ދާއިރާގެ ގިނަ ބަޔަކު ގަބޫލުކުރާތީ އެވެ. އަދި މާޒީއަށް ބަލާފައި ގިނަ ބަޔަކު ބޭނުންވަނީ ބަދަލެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

“އެންމެ ބޮޑު އަމާޒަކަށް ވާނީ ސަރުކާރާ ގުޅިގެން ދާއިރާގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރުމަށް ފަސޭހަކޮށްދިނުން،” މަބުރޫކް ވިދާޅުވި އެވެ.

2009 ވަނަ އަހަރުން ފެށިގެން އޭދަފުށީ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވެސް ވަނީ އަންނަ ދައުރު މަޖިލީހަށް ކުރިމަތިލައްވަން ނިންމަވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އާ ދައުރުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާޗް މަހުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.