އާއްޓެ އޭދަފުށީ ދާއިރާއަށް ކުރިމަތިލައްވަނީ

އަހްމަދު އާރިފް (އާއްޓެ)

ލޮޓަސް ބައިކް ޝޮޕްގެ ވެރިޔާ އަހްމަދު އާރިފް (އާއްޓެ) އަންނަ އަހަރުގެ މާޗް މަހުގެ ފަހުކޮޅު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އޭދަފުށީ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވައި، ކެމްޕެއިން ފައްޓަވައިފި އެވެ.

އަހްމަދު އާރިފް، އޭނާގެ ފޭސްބުކްގައި ވިދާޅުވީ އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ކުރިމަތިލުމަށްޓަކައި އޭދަފުށި ދާއިރާގެ ޕްރައިމަރީގައި ވާދަ ކުރައްވަން ނިންމާފައިވާ ކަމަށެވެ. މި ދާއިރާގައި އޭދަފުށީގެ އިތުރުން ދެން ހިމެނެނީ މާޅޮހާއި ހިތާދޫ އެވެ.

އާރިފަކީ ވަރަށް ކުރިއްސުރެ އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ މަޝްހޫރު ވިޔަފާރިވެރިއެކެވެ

އާރިފް، އޭދަފުށީ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވިއިރު، ބ. އަތޮޅު ކައުންސިލުގެ ރައީސް މަބުރޫކް ނަސީރު ވެސް މަޖިލިސް އިންތިހާބުގައި އޭދަފުށީ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ވަނީ ނިންމަވައިފަ އެވެ.

އަދި 2009 ވަނަ އަހަރުން ފެށިގެން އޭދަފުށި ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވެސް ވަނީ އަންނަ ދައުރު މަޖިލީހަށް ކުރިމަތިލައްވަން ނިންމަވައިފަ އެވެ. ނަމަވެސް ކުރިމަތިލައްވާނެ ޕާޓީއެއް އަދި ހާމައެއް ނުކުރެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.