ބޮޑު މޮޅަކާ އެކު ގޮއިދޫ ސެމީ އަށް

ގޮއިދޫ އާއި ދަރަވަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން

ދޮންފަނު އިންވިޓޭޝަން ކަޕްގައި މިއަދު ދަރަވަންދޫ އަތުން 5-1 އިން ހޯދި ބޮޑު މޮޅާ އެކު އެންމެފަހުގެ ޗެމްޕިއަން ގޮއިދޫ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ގޮއިދޫ ސެމީން ޖާގަހޯދީ ގްރޫޕް ބީގައި ކުޅުނު ދެ މެޗުން މޮޅުވެ އެއް މެޗުން އެއްވަރުވެގެން 7 ޕޮއިންޓާއެކު އެވެ. މި ގްރޫޕްގައި ދެވަނައިގައި އޮތް ކިހާދުއަށް ލިބިފައިވަނީ 4 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ކުޑަރިކިލަށް 3 ޕޮއިންޓު ލިބިފައިވާއިރު ފުލުގައި އޮތް ދަރަވަންދޫ މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.

ދޮންފަނު ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ގޮއިދޫގެ ފަސް ލަނޑުގެ ތެރެއިން ހުސައިން ޝާމް އާއި މުހައްމަދު ރީހާން މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހައިދީފައެވެ. މިޓީމުގެ އަނެއް ގޯލް ކާމިޔާބުކޮށްދިނީ އިބްރާހީމް ނާފިޒް އެވެ. މެޗުގައި ދަރަވަންދޫން ޖެހި ހަމައެކަނި ގޯލް އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އައިމަން މުހައްމަދު ވަހީދެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ގޮއިދޫގެ މުހައްމަދު ރީހާން އެވެ.

ގްރޫޕް ބީން ސެމީން ގޮއިދޫ ޖާގަ ހޯދިއިރު، ސެމީގެ ފަހު ޖާގަ ލިބޭނީ މާދަމާ ކިހާދޫ އާއި ކުޑަރިކިލު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.