ކުޅިވަރާ ބެހޭ ވަޒީރު މަހުލޫފް ބ. އަތޮޅުގައި

ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފް،ބ. އަތޮޅަށް ވަޑައިގެން ބައެއް ރަށްރަށުގެ ކުޅިވަރާބެހޭ ކަންކަން ހުރި ނެތް ގޮތްބެއްލުމުގެ މަސައްކަތް ފައްޓަވައިފި އެވެ.


މިނިސްޓަރު މިއަތޮޅަށް ވަޑައިގެންނެވީ އިއްޔެ މެންދުރުގެވަގުތެއްގަ އެވެ.

މަހުލޫފް ބ. އަތޮޅަށް ވަޑައިގެން އެންމެ ފުރަތަމަ ޒިޔާރަތް ކުރައްވާފައި ވަނީ ދޮންފަނަށެވެ. އެގޮތުން ދޮންފަނު ކައުންސިލާއި ޒުވާނުންނާ ބައްދަލު ކުރައްވައި، އެރަށުގައި ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި އެވެ.

އަދި ދޮންފަނު އިންވިޓޭޝަން ކަޕްފުޓްބޯޅަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި އިއްޔެ ހަވީރު މިނިސްޓަރުބައިވެރިވެ ވަޑައިގެންނެވި އެވެ.

ދެ ދުވަހުގެ މުއްދަތަށް ބ. އަތޮޅަށް ކުޅުވަރާބެހޭ ވަޒީރު ކުރައްވާ ދަތުރުގައި ހިތާދޫ އާއި މާޅޮސް އަދި އޭދަފުއްޓަށް މިއަދުވަޑައިގެން އެރަށްރަށުގެ ކައުންސިލްތަކާ އަދި ޒުވާނުންނާ ވެސް ބައްދަލު ކުރައްވާގޮތަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން މި ރަށްރަށުގައި ކުޅިވަރު ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުތައް މިނިސްޓަރު ބައްލަވާލައްވާނެ އެވެ. 

މިނިސްޓަރުގެ މި ދަތުރު ނިންމަވާލައްވައި މާލެ އަށް ފުރާވަޑައިގަންނަވާނީ މިއަދު ހަވީރު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.