ދަރަވަންދޫ ކައުންސިލް ނެޓްބޯޅަ މުބާރާތް ހިނިހޮރު ކާމިޔާބުކޮށްފި

ދަރަވަންދޫ ކައުންސިލުން ބޭއްވި ފުރަތަމަ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހިނިހޮރު ޓީމުން ހޯދައިފި އެވެ.

ދަރަވަންދޫ ނެޓްބޯޅަ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗު ހިނިހޮރު ޓީމުން ކާމިޔާބުކުރީ ޓީމު ޔުނައިޓް ދަރަވަންދޫ އާ ވާދަކޮށް 23-29 ޕޮއިންޓުންނެވެ.

މުބާރާތުގެ އެންމެމޮޅު ގޯލް އެޓޭކަރަކަށް ހޮވުނީ ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހިނިހޮރު ޓީމުގެ އައިޝަތު ނާޒިމާ އެވެ. އެންމެ މޮޅު ގޯލް ކީޕަރަކަށް މަރިޔަމް ޝާނިޔާ ހޮވުނުއިރު، އެންމެމޮޅު ގޯލް ޑިފެންޑަރަކަށް ހޮވުނީ ޔުނައިޓެޑް ދަރަވަންދޫގެ އައިޝަތު ދިފްލާ އެވެ.

މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމަށް ތިން ކުޅުންތެރިން ހޮވުނެވެ. އެއީ ޓީމު ހިނިހޮރުގެ ނާޒިމާ އާއި ޖުނައިނާ ޖާދުﷲގެ އިތުރުން ޓީމް ޓިކް ޓޮކްގެ އަމީނާ އަލީ އެވެ.

ފައިނަލް މެޗަށް ފަހު ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓީމަށް މެޑަލާއި ތަށި ހަވާލުކޮށް ދެއްވީ ޝަރަފްވެރި މެހްމާން ބ. އަތޮޅު ކައުންސިލުގެ މެންބަރު އައިޝަތު ޝިފާނާ އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 7,000 ރުފިޔާ އަދި ރަނާ އަޕް ޓީމަށް 4,000 ރުފިޔާ ދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.