ބައިލައްކަ ރުފިޔާގެ ޤުރުއާން މުބާރާތެއް ބާއްވަނީ

އެއްވަނަ އަށް ހޮވޭ ފަރާތަކަށް ބައިލައްކަ ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅައިގެން އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު (ރެޑްވޭވް ސަލީމް) ގެ ބައްޕަ އަލްމަރުޙޫމް އަބްދުއްރަހްމާން މުހައްމަދުގެ ހަނދާނުގައި އެ އާއިލާއިން އޭދަފުށީ ގުރުއާން މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

އެ އާއިލާއިން ބުނި ގޮތުގައި މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ އޭދަފުށީގައި ތަޖްވީދު މަގަށް ޤުރުއާން ކިޔަވަން ދަންނަ ޖީލެއް އުފެއްދުމާއި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ހިތްތަކުގައި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމާއެކު ޤުރުއާން ކިޔެވުމުގެ އާދަ އަށަގެންނެވުމެވެ.

އަންނަ ފެބްރުއަރީ މަހުގެ ތެރޭ ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ 16 އަހަރުން މައްޗާއި 16 އަހަރާއި 10 އަހަރާ ދެމެދާއި 10 އަހަރުން ދަށުގެ ބައެކެވެ.

މި މުބާރާތުގައި ބައިވެރިވެވޭނީ އޭދަފުއްޓަށް އުފަން އޭދަފުށީގައި ދިރިއުޅޭ އޭދަފުށީގެ ރައްޔިތުންނަށެވެ.

މި މުބާރާތުގައި ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ މެދުގައި އޮޑިޝަނެއް ބާއްވައިގެން އޮޑިޝަނުން ހޮވޭ ބައެކެވެ.

މުޅި މުބާރާތުން އެއްވަނައަށް ދާ ފަރާތްތަކަށް ބައިލައްކަ ރުފިޔާ ކަނޑައަޅާފައިވާއިރު ކޮންމެ ކެޓަގަރީއަކުންވެސް އެއްވަނަ އާއި ދެވަނަ އަދި ތިން ވަނައަށް ވެސް އަގުހުރި އިނާމުތަކެއް ކަނޑައެޅިފައިވެ އެވެ.

މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ހޯއްދެވުމަށާއި އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް 7748722 ނަންބަރު ފޯނަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.