އޭދަފުށީގައި ސީ ލައިސަންސް ކޯޗިން ކޯހެއް ފަށައިފި

އެފްއޭއެމުން އޭދަފުށީގައި ކުރިއަށްގެންދާ ސީ ލައިސަންސް ކޯޗިން ކޯހުގެ ތެރެއިން- ފޮޓޯ/ކްލަބް އޭދަފުށި

ބ. އޭދަފުށީގައި އޭއެފްސީ ސީ ލައިސަންސް ފުޓްބޯޅަ ކޯޗިން ކޯހެއް އިއްޔެ ފަށައިފި އެވެ.

އެފްއޭއެމުން ބ. އަތޮޅު ކައުންސިލާއި ކްލަބް އޭދަފުށި ގުޅިގެން ކުރިއަށްގެންދާ މި ކޯހުގައި ކިޔަވައިދެނީ އެފްއޭއެމްގެ އިންސްޓްރަކްޓަރުންނެވެ. މި ކޯހުގައި 22 ކޯޗުން ބައިވެރިވެފައިވާއިރު އޭގެ ތެރޭގައި އަންހެން ބައިވެރިއަކު ވެސް ހިމެނެ އެވެ.

މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ކޯހުގައި ޕްރެކްޓިކަލް ބައިގެ އިތުރުން ތިއަރީ ބައި ވެސް ހިމެނެ އެވެ. އެގޮތުން ފުޓްބޯޅައިގެ ބޭސިކް ސްކިލްތަކާއި ކުޅުންތެރިންނާއި ދަނޑުމަތީގައި ވާހަކަ ދައްކަންޖެހޭ ގޮތްތައް ކިޔަވައިދޭނެކަމަށް އެފްއޭއެމުން ބުނެ އެވެ.

އެފްއޭއެމުން އޭދަފުށީގައި ކުރިއަށްގެންދާ ސީ ލައިސަންސް ކޯޗިން ކޯހުގެ ތެރެއިން- ފޮޓޯ/ކްލަބް އޭދަފުށި

އެފްއޭއެމުން ވަނީ ދާދިފަހުން އޭދަފުށީގައި ގްރާސް ރޫޓްސް ކޯޗިން ކޯހެއް ވެސް ހިންގައިފަ އެވެ. މިކޯހުން ތަމްރީނުވި ކޯޗުން އަންނަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭ އިން ކުރިއަށްގެންދާ ގްރާސްރޫޓް ޓްރެއިނިން ޕްރޮގްރާމްގައި އެހީތެރިވެދެމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.