ބ. އަތޮޅު ކައުންސިލަރުންގެ ހާޒިރީއާމެދު ކަންބޮޑުވޭ!

ބ. އަތޮޅު ކައުންސިލަރުން-- ފައިލްފޮޓޯ
ބ. އަތޮޅު ކައުންސިލަރުން– ފައިލްފޮޓޯ

 

ބ. އަތޮޅު ކައުންސިލްގެ މެމްބަރުންގެ ތެރެއިން މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު، އެންމެ މަދުން އޮފީހަށް ހާޒިރުވެ ވަޑައިގެންނެވީ  ހުސައިން ޒަމީލް އާއި  އިބްރާހިމް ރަޝީދު ކަމަށް ހާޒިރީ ރިޕޯޓުން ދައްކައިފި އެވެ.

ބ. އަތޮޅު ކައުންސިލް އިދާރާ އިން “އީޓީ” އަށް ފޮނުވާފައިވާ ހާޒިރީ ރިޕޯޓުގައިވާ ގޮތުން ވޭތުވެދިޔަ ފަސްމަސްދުވަހު ކައުންސިލް ހުރިހާ މެންބަރުންގެވެސް ހާޒިރީ އުޅެނީ ވަރަށް ދަށްކޮށެވެ.

އެންމެ މަދުން އޮފީހަށް ހާޒިރުވެ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ދެ މެމްބަރުންގެ ތެރެއިން ޒަމީލް ފުރަތަމަ ފަސްމަހުގެ ހާޒިރީ ރިޕޯޓަށް ބަލާއިރު، 102 ދުވަހު އޮފީހަށް ހާޒިރުވާންޖެހޭއިރު، އޭނާ އޮފީހަށް ވަޑައިގެންފައިވަނީ އެންމެ ތިން ދުވަހު އެވެ. 15 ދުވަހު ޒަމީލް ޗުއްޓީ ނަންގަވާފައިވާއިރު، 69 ދުވަހު އޮފީހަށް ވަޑައެއް ނުގަންނަވަ އެވެ. އަދި ސަލާމް ވިދާޅުވުމަށް ފަހު ވަޑައިނުގަންނަވަނީ އެންމެ ހަ ދުވަހު އެވެ. ރަސްމީ ބޭނުމުގައި ހޭދަކޮށްފައިވަނީ ނުވަ ދުވަހެވެ.

އަތޮޅު ކައުންސިލްގެ ހާޒިރީ ރިޕޯޓްގައިވާ ގޮތުން ތުޅާދޫ ދާއިރާއިން  ކައުންސިލަށް އިންތިހާބުވި އިބްރާހިމް ރަޝީދު ހާޒިރުވެފައިވަނީ އެންމެ 24 ދުވަހުއެވެ. އަދި އޭނާ ފަސްމަހުތެރޭ 54 ދުވަހު ސަލާމް ވިދާޅުވެފައިވާއިރު ދެ ދުވަހު އަމިއްލަ ބޭނުމުގައި ރަށުބޭރުގައި އަދި ރަސްމީ ބޭނުމުގައި 22 ދުވަހު ހޭދަކޮށްފައިވާ ކަމަށްވެސް ހާޒިރީ ރިޕޯޓުން ދައްކައެވެ.

ކައުންސިލްގެ ނައިބް ރައީސް އަބްދުއްރަހްމާން އަބްދުﷲ މިދިޔަ ފަސް މަސްދުވަހުގެ ތެރޭގައި 102 ދުވަހު އޮފީހަށް ހާޒިރުވާންޖެހޭއިރު ހާޒިރުވެ ވަޑައިގެންފައިވަނީ 51 ދުވަހު އެވެ. 6 ދުވަހު ޗުއްޓީ ނަންގަވާފައިވާއިރު، 11 ދުވަހު އޮފީހަށް ވަޑައެއް ނުގަންނަވައެވެ. އަދި 17 ދުވަހު ސަލާމް ވިދާޅުވެފައިވާއިރު 14 ދުވަހު އޮފީހަށް ވަޑައިގެންފައިވަނީ ގަޑި ޖެހިގެންކަމަށް ރިޕޯޓުން ދައްކަ އެވެ. އޭނާ ރަސްމީ ބޭނުމުގައި ހޭދަކޮށްފައިވަނީ 17 ދުވަހެވެ.

ތުޅާދޫ ދާއިރާއިން ކައުންސިލަށް އިންތިޚާބުވި މުހައްމަދު އާދިލް 102 ދުވަހު ހާޒިރުވެ ވަޑައިގަންނަވަންޖެހޭއިރު ހާޒިރުވެ ވަޑައިގަތީ 51 ދުވަހު އެވެ. 8 ދުވަހު އޭނާ އޮފީހަށް ގަޑިޖެހިފައިވާއިރު، 10 ދުވަހު އޮފީހަށް ހާޒިރުވެވަޑައެއް ނުގަންނަވަ އެވެ. އޭނާ ޗުއްޓީގައި އެއްދުވަހު ހުންނެވިއިރު ސަލާމު ވިދާޅުވެފައިވަނީ 14 ދުވަހު އެވެ. އަދި އަމިއްލަ ބޭނުމުގައި ރަށުން ބޭރުގައި 7 ދުވަސް ހޭދަކޮށްފައިވާއިރު ރަސްމީ ބޭނުމުގައި 19 ދުވަހު ހުންނެވި ކަމަށް ރިޕޯޓުން ދައްކަ އެވެ.

އަބްދުލް މުއުމިން އާދަމްގެ ރިޕޯޓަށް ބަލާއިރު އަހަރުގެ ފުރަތަމަ ފަސްމަސްދުވަހު އޮފީހަށް ހާޒިރުވަޑައިގަންންވަންޖެހޭ 102 ދުވަހުގެ ތެރެއިން އޭނާ ވަޑައިގެންފައިވަނީ 58 ދުވަހު އެވެ. އޭގެ ތެރެއިން 47 ދުވަހު އޭނާ އޮފީހަށް ގަޑިޖެހިފައިވާއިރު ސަލާމުގައި 1 ދުވަސް އަދި ރަސްމީ ބޭނުމުގައި 10 ދުވަސް ހޭދަކޮށްފައިވާ ކަމަށް ރިޕޯޓުން ދައްކައެވެ.

އޮފީހަށް އެންމެ ގިނައިން ހާޒިރުވެވަޑައިގެންފައި ވަނީ ކައުންސިލް އިދާރާގެ ރައީސް އަބޫބަކުރު އަބްދުއްރަހްމާނު އެވެ. އޭނާ 102 ދުވަހު ހާޒިރުވާން ޖެހޭއިރު ހާޒިރުވީ 63 ދުވަހު އެވެ. ބާކީ 39 ދުވަހު ހުންނެވީ ސަލާމުގަ އެވެ.

ގުޅުންހުރި ލިޔުންތައް

7 ކޮމެންޓް

 1. Avatar
  nizam

  އަތޮޅުކައުންސިލަރުންތީ ތިބޭ ބަޔެއްތަ؟ ރަށަށާ އަތޮޅަށް އެއްވެސް ކަމެއްކޮށެއްނުދޭ. ރައްޔިތުންގެ ފައިސާބޭކާރު. ކަމެއްރާވާ ހިންގޭނީ ތައުލީމީ ގާބިލް މީހުންހޮވައިގެން. މީރައްޔިތުން އަމިއްލަޔަށްބުއި ބޮނޑިޔެއް. ވޯޓުލައިގެން މިކަހަލަމީހުންހޮވީތީ. ދެންފަހަރަކުން މަގޭ ވޯޓް ނުލިބޭނެ. ސޮރީ.

  ރައްދު
 2. Avatar
  baari

  އެހެންވެ އޭ ބުނަނީ ކަތީބު ސިސްޓަމޭ އެންމެ ރަނގަޅީ 10،12 ކައުންސިލަރުންލަނީ މިކަހަލަ ރަށްފުށަކަށްނޫން އެއީ ބޮޑެތި ސިޓީތަކުން އެސިޓީއަކުން އާންމުދަނީ ލިބޭ ވަރުގެ ބޮޑެތި ތަންތަން. އެމެރިކާގައި ކައުންސިލް އޮތީމަ ލީ، ދެން އަނެއްވާހަކައަކީ ކިޔެވުމުގެ ބޭނުމެއްނެތް އަޑުގަދަމީހާ ރުއްގިނަޒަމާންމީ، ބަޖެޓް ދެކޮޅު ނުޖެހޭއިރު ކުރާ ބޭކާރު ޚަރަދެއް މިވަރުގެ ތަންތަނަށް 12 ކައުންސިލަރުން ބޭކާރު ވިސްނާބަލަ ކާސިމާ މީގެ ކުރިން ކެއީ ރަށުކަތީބު މިހާރު އޭގެ 12 ކަތީބުން އެބަކާ…

  ރައްދު
 3. Avatar
  ޢަބްދުލްމުހައިމިން

  މިއީ ހަމައެކަނި ތި ދެންނެވި މެމްބަރުންނާ ގުޅިފައި އޮތް ކަމެއްނޫން. ގިނަ ރަށްރަށުގައި ގިނައީ މި ބާވަތުގެ ކައުންސިލަރުން. ހަމަޔަށް މުސާރަ ލިބިލައްވާތީ އެބޭފުޅުންގެ މާބޮޑު ފިކުރެއް ނެތް. ސަރުކާރުގެ ބައިތުލްމާލަށް ލިބޭ ބޮޑު ގެއްލުމެއް.

  ރައްދު
 4. Avatar
  fathimath rasheedha

  ބަލަ އޭދަފުށީ ކައުންސިލަރުންގެ ޙާލަތަކީވެސް ހަމައެޔޭ ؟ ބައެއް ކައުންސިލަރުން އޮފީހަށް އަންނަކަމަށްވަނީ 1:23 ގައި . އަނެއްކާ ހިތައް އެރި ދުވަހަކު އޮފީހަށް ހާޟިރުވަނީ . އޭދަފުށީ ކައުންސިލަރުންގެ ހާޟިރީ ރިޕޯރޓް އީޓީން ނިކަން ގެނެސްދީބަލަ . އަހަރެމެންނަކަށް އަތޮޅު ކައުންސިލަރުން އެއީ އެހާ މުހިއްމު ބައެއްނޫން .

  ރައްދު
 5. Avatar
  eydhafushian

  މިކަމަށް އެބަޖެހޭ ތަސައްރަފު ފުދިގެންވާ ބަޔަކު ގެންނަން: ވީމާ 1980 ޕްލަސް އަށް އަޅުގަނޑު ގޮވާލަން.. ކިހިނެއްވާނެބާ

  ރައްދު
 6. Avatar
  nasheet

  މި މީހުން އޮފީހަށް އައިސްގެން ވަކި ކީއްކުރާނީ؟ ބަރާބަރަށް މުސާރަ ލިބޭ. ދެން ކީއްކުރަން އޮފީހަށް އަންނަން ވީ .

  ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.