ޓެކްސްޓް ފޮތްތައް ދޫކުރަން ފަށައިފި

 

މިއަހަރުގެ ދިރާސީ އާ އަހަރަށް ކިޔަވާ ކުދިންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް މިއަދު ދޫކުރަން ފަށައިފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ ގްރޭޑް 1-9 ގެ ދަރިވަރުންގެ ޓެކްސްޓް ފޮތް މިއަދުން ފެށިގެން އެ ސްކޫލުން ދޫކުރަމުން ގެންދާނެ ކަމަށެވެ. ނަމަވެސް ގްރޭޑް 10ގެ ދަރިވަރުންގެ ފޮތްތައް އަދިވެސް ސްކޫލަށް ނުލިބޭތީ އެ ގްރޭޑްގެ ފޮތްތައް ދޫކުރާނެ ތާރީހެއް ފަހުން އަންގާނެ ކަމަށްވެސް އެ މަރުކަޒުން ބުންޏެވެ.

ގްރޭޑް 1-9ގެ ދަރިވަރުންގެ ޓެކްސްޓް ފޮތްތައް މިއަދު ދޫކުރަން ފެށި ނަމަވެސް އެ ގްރޭޑް ތަކުގެ ބައެއް ޓެކްސްޓް ފޮތްތައް ވެސް ހަމައަށް ނުލިބޭކަމަށްވެ އެވެ.

“ދިވެހި އިސްލާމު ފޮތެއް ނުލިބޭ. މީގެ ކުރިން އާ އަހަރު ފެށުމުގެ ކުރިން ހުރިހާ ފޮތްތައް ލިބޭ. މިފަހަރު ސްކޫލު ހުޅުވެން ހަފްތާއަކަށް ވީމަ ފޮތްތައް މިލިބުނީ. އެވެސް އަދި ހުރިހާ ފޮތްތައް ހަމައަށް ނުލިބޭ،” އެ ސްކޫލުގެ ބެލެނިވެރިއަކު ބުންޏެވެ.

ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސަރުކާރުން ހިލޭ ދިން ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގައި ބައެއް ޓެކްޓްސް ފޮތްތަކަކީ ދަރިވަރުން ކުރީ އަހަރު ބޭނުން ކޮށްފައިވާ ފޮތްތަކެވެ. ނަމަވެސް އެ ސްކޫލުގައި މިއަހަރު ދަރިވަރުންނަށް ދޫކުރަނީ މުޅިން އާ ޓެކްސްޓް ފޮތްތަކެވެ.

އާ މަންހަޖުގެ ދަށުން މިއަހަރު ކީ ސްޓޭޖް 4ގެ ދަރިވަރުން ކިޔަވާ ޓެކްސްޓް ފޮތްތައް ވަނީ ވަރަށް ބޮޑަށް ބަދަލުކޮށްފަ އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށޭނީ އަންނަ އާދީއްތަ ދުވަހު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.