ފުށިފަންނު ޕާކް ރަށުކައުންސިލާ ހަވާލުކޮށްފި

އަމިއްލަ ފަރާތަކުން އޭދަފުށީ ދެކުނު ފަރާތުގައި ތަރައްގީކުރި ކުޑަކުދިންގެ ޕާކު “ފުށި ފަންނު” ރަށު ކައުންސިލާ ހަވާލުކޮށްފި އެވެ.

ޑިސެމްބަރ 2017 ގައި ހުޅުވި އެ ޕާކު މިހާތަނަށް ބަލަހައްޓަމުން ގެންދިޔައީ ޕާކު ތަރައްގީކުރި ފަރާތުންނެވެ.

ނަމަވެސް އޭދަފުށީ ކައުންސިލުން ބުނީ މިއަހަރުން ފެށިގެން އެ ތަން ބަލަހައްޓަމުން ގެންދާނީ ރަށު ކައުންސިލުގެ ބެލުމުގެ ދަށުން ކަމަށެވެ.

“ސަބަބެއް ނުބުނެ. ޕާކު ކައުންސިލާ ހަވާލުކުރަން ބޭނުންވާތީ ޖެނުއަރީ 1 އިން ފެށިގެން ޕާކާ ކައުންސިލުން ހަވާލުވުމަށް އެ ފަރާތުން ސިޓީ ފޮނުވީ،” ރަށު ކައުންސިލުން ބުންޏެވެ.

އީޓީއަށް އެނގިފައިޥާ ގޮތުގައި އެ ޕާކު ތަރައްގީކުރަން އެ ފަރާތަށް ބިންދިނީ މަސައްކަތް ނިންމުމަށްފަހު ކައުންސިލާ ހަވާލުކުރާ ގޮތަށެވެ. ނަމަވެސް ޕާކު ކައުންސިލާ ހަވާލުކުރީ ޕާކު ހުޅުވިތާ އަހަރެއްހާ ދުވަސް ފަހުންނެވެ.

8000 އަކަފޫޓްގެ މި ޕާކަކީ ކުޑަކުދިންނަށް ޚާއްސަ ޕާކެއް ނަމަވެސް މި ޕާކް ތަރައްގީ ކޮށްފައިވަނީ ބޮޑެތި މީހުންނަށް ކަސްރަތު ކުރެވޭނެ ގޮތާއި ދުވާ ޓްރެކެއް ވެސް ހިމަނައިގެންނެވެ.

“ފުށިފަންނު” ޕާކުގެ އިތުރުން އޭދަފުށީ އުތުރުފަރާތު ބަނދަރު ސަރަހައްދުގައިވެސް އޭދަފުށީ ޒުވާނުންގެ ކަލްބުން އަންނަނީ ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ ޕާކު ހެދުމަށް އެ ކަލްބާވެސް ބިން ހަވާޅުކޮށްފައިވަނީ ޕާކު ނިންމުމަށްފަހު ކައުންސިލާ ހަވާލުކުރާ ގޮތަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.