އެކްޓިވިޓީ ޔުނީފޯމް ލިބޭނީ އަންނަ ހަފްތާގައި: ބ. އަތޮޅު ތައުލީމީ މަރުކަޒު

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް އެކްޓިވިޓީ ޔުނީފޯމް ލިބޭނީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާއެކު އަންނަ ހަފްތާތެރޭ ކަމަށް އެ ސްކޫލުން ބުނެފި އެވެ. އެ ސްކޫލުގެ މި އަހަރުގެ އެކްޓިވިޓީ ޔުނީފޯމް ވަނީ ބަދަލުވެފަ އެވެ.

އެކްޓިވީޓީ ޔުނީފޯމަކީ ސްކޫލުތަކުން ވަކި ބަޔަކާ ކޮންޓްރެކްޓް ހަދައިގެން އެކި ފިހާރަތަކުން ވިއްކަމުން އަންނަ އެއްޗެކެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ އެ ސްކޫލުގެ ދަރިވަރުންނަށް އެކްޓިވިޓީ ޔުނީފޯމް ލިބޭނީ ސްކޫލް ހުޅުވޭ ހަފްތާގައި ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އަންގާފައިވާކަމަށެވެ. އެހެންވެ، އެކްޓިވިޓީ ޔުނިފޯމް ހުރިހާ ދަރިވަރުންނަށް ހަމަވަންދެން ސްކޫލުގެ ރަސްމީ ޔުނީފޯމް ބޭނުން ކުރުމަށް ވަނީ އަންގައިފަ އެވެ.

“ދަރިވަރުންނަށް ޔުނީފޯމް ހަމަވަންދެން އެކްޓިވިޓީ ޔުނީފޯމް ވިއްކާނީ ސްކޫލުންނެވެ. ޔުނީފޯމް ސްކޫލަށް ލިބުމާއެކު ބެލެނިވެރިންނަށް އަންގާނެ ވާހަކަ ދެންނެވީމެވެ.” ބ. އަތޮޅު ތައުލީމީ މަރުކަޒުން އާއްމުކޮށްފައިވާ އެންގުމެއްގައިވެ އެވެ.

“އީޓީ” އަށް އެނގިފައިވާ ގޮތުގައި އަންނަ އާދީއްތަ ދުވަހު އާ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ބައެއް ގްރޭޑްތަކުގެ ދަރިވަރުންނަށް ޓެކްސްޓް ފޮތްތައް ވެސް ހަމައަށް އަދި ނުލިބެ އެވެ.

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ރާއްޖޭގެ ގިނަ ސްކޫލުތަކެއްގެ ބެލެނިވެރިން، ފޮތްތައް ހަމަނުވުމުގެ ޝަކުވާއާއި ސްކޫލު ހުޅުވެންވާއިރަށް އެކްޓިވިޓީ ޔުނިފޯމް ނުލިބޭ ކަމުގެ ޝަކުވާ އަންނަނީ ކުރަމުން ނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.