ސީ ލައިސަންސް ކޯސް ނިންމާލައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބ. އަތޮޅު ކައުންސިލާއި ކްލަބް އޭދަފުށި ގުޅިގެން އޭދަފުށިގައި ހިންގި އޭއެފްސީ ސީ ލައިސަންސް ފުޓްބޯޅަ ކޯޗިން ކޯސް ނިމިއްޖެ އެވެ.

މި މަހުގެ 4 ވަނަ ދުވަހު ފެށި މި ކޯސް އިއްޔެ ނިންމާލި އިރު 14 ބައިވެރިޔަކު ވަނީ މި ކޯސް ފުރިހަމަކޮށްފަ އެވެ. އޭގެ ތެރޭގައި އަންހެން ބައިވެރިއަކުވެސް ހިމެނެއެވެ.

މި ކޯހުގައި އިންސްޓްރަކްޓެއްގޮތުގައި ކޯހުގެ ބައިވެރިންނަށް މައުލޫމާތު ދެއްވީ އެފް.އޭ.އެމްގެ ކޯޗިން އެޑިއުކޭޝަން ޑިޕާޓްމަންޓްގައި މަސައްކަތްކުރަމުން އަންނަ އޭ.އެފް.ސީ އިންސްޓްރަކްޓަ އަހުމަދު ޝަރީފް (ޑުންގާ) އެވެ. މީގެ އިތުރުން ނިމިގެންދިޔަ އެފް.އޭ.އެމް ގެ އިންސްޓްރަކްޓަރ ކޯސް ފުރިހަމަ ކުރި މުޙައްމަދު އާދަމް ވެސް ކޯހުގައި އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ.

އޭދަފުށްޓަކީ ދާދި ފަހުން ފުޓްބޯޅަ އެސޯސިއޭޝަން މޯލްޑިވްސް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅާ ކުރިއަރުވާ ތަރައްޤީކުރުމަށް ފުޓްބޯލް ޑިވޮލޮޕްމަންޓް ޒޯނަލް ބޭސްތައް ކަނޑައެޅުމުގެ ތެރެއިން މި ސަރަހައްދުގެ ޒޯން ޑިވޮލޮޕްމަންޓް ބޭސްއެކެވެ.

އެފް.އޭމް.އިން އަންނަނީ ދިވެހި ފުޓްބޯޅަ ކުރިއަރުވާ ތަރައްޤީކުރުމަށް ކަނޑައަޅައި އަމަލުކުރަމުން އަންނަ “ޓްވާރޑްސް ފިއުޗަރ” ޕްރޮޖެކްޓްގެ ދަށުން ކޯޗުން ތަމްރީންކުރުމަށް ފާހަގަކުރެވޭ މަސައްކަތްތަކެއް ކުރަމުންނެވެ. ދާދި ފަހުން އޭދަފުށީގައި ވަނީ އެފް.އޭ.އެމް ގެ ފަރާތުން ފުޓްބޯލް ގްރާސްރޫޓް ކޯހެއްވެސް ހިންގާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.