އެންމެ ޒަމާނީ ފެންވަރުގެ ޓާފް ދަނޑު އޭދަފުށީގައި

އޭދަފުށީގައި ގާއިމުކުރާ ޓާފް ދަނޑު. ފޮޓޯ/އައްޒާމް

ހުނަރުވެރި އެތައް ފުޓްބޯޅަ ކުޅުންތެރިންތަކެއް އުފައްދާފައިވާ ބ. އޭދަފުށީގައި ގާއިމުކުރަމުންދާ ބައިނަލްއަގްވާމީ ފެންވަރުގެ ޓާފު ދަނޑުގެ މަސައްކަތް ބާރު ސްޕީޑުގައި މިހާރުއަށް އެބަދެ އެވެ.

ބ. އޭދަފުއްޓަށް އުފަން މަހުޖަނު، ޗާންދަނީ އަހްމަދު ނަޒީރު ފަންޑު ކޮށްގެން މިރަށުގައި ގާއިމުކުރާ ޓާފް ދަނޑުގައި މިހާރު ކުރިއަށްދަނީ ޓާފުއެޅުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތަކެވެ.

އޭދަފުށީ އިރުމަތީ ސަރަހައްދުގައި 254000 އަކަފޫޓްގެ މި ދަނޑުގެދިގުމިނަކީ 105 މީޓަރު އަދި ފުޅާމިނަކީ، 68 މީޓަރު ހުރެއެވެ.

މިދަނޑުގައި އަޅާ ޓާފަކީ ފީފާގެ ރުހުން ދީފައިވާ ހަތް ކުންފުނީގެ ތެރޭގައި ހިމެނޭ ލިމޮންޓާ ސްޕޯޓްސް އެސްޕީއޭ ކުންފުނިން އުފައްދާ އެސްޕީމެކްސް45 ގެ ޓާފެވެ.

މި ދަނޑުގެ މަސައްކަތް ކޮށްފައިވަނީ ރާއްޖޭގައި ބިމުގެ ފަސްހަރުކޮށްގެން އާންމުކޮށް އަޅާ ދަނޑުތަކާއި ވަރަށް ތަފާތުކޮށެވެ. އެގޮތުން ބިމުގެ ފަސްގަނޑު ފުނަށް ކޮނުމަށްފަހު އޭގެ މައްޗަށް 3000 ޓަނުގެ ފުނޑުކުރި ހިލަވެލިއަޅާ ބިންވަނީ ލެވެލް ކޮށްފަ އެވެ.  އަދި އޭގެ މަތީގައި ދަނޑުގެ އަޑިއަށް ފެން ނުދާނެހެން ފެން ނުވަންނަ ފަށަލަ އެއް ނުވަތަ ވޯޓަރ ޕްރޫފް މެމްބްރޭންއެއް އަޅާނެ އެވެ. އަދި އޭގެ މަތިން ޝޮކްޑްރެއިން ނިޒާމު ގާއިމުކުރެވިގެންދާނެ އެވެ.

އޭދަފުށީގައި ގާއިމުކުރާ ޓާފް ދަނޑު. ފޮޓޯ/އައްޒާމް

މި ނިޒާމަކީ އާންމުކޮށް ބިމުގެ ފަސްހަރުކޮށްގެން އެޅޭ ދަނޑުތަކާއި ބަލާފައި ކުޅުންތެރިންނަށް ލިބޭ އަނިޔާ ކުޑަކޮށް ދޭނެ ނިޒާމެކެވެ. ނަމަވެސް މި ނިޒާމުގެ މައި މަގްސަދަކީ ދަނޑުގެ އަޑިއަށް ފެން ދިޔަނުދީ، ވަށައިގެން ހެދޭ ކާނުގަނޑުތަކަށް ފެނދާނެގޮތް ހެދުމެވެ. މީގެ ސަބަބުން ވާރޭ ވެހުނަސް ދަނޑު ޗަކަ ނުވެ، ކުޅުންތެރިންނަށް އެ ކުޅުންތެރިންގެ ހުނަރު އެއްވެސް ހުރަހަކާނުލާ ވާރޭގައިވެސް ދައްކާލެވޭނެއެވެ.

އަދި ޤައުމީ ފެންވަރުގެ މެޗުތައް ވެސް ކުޅެވޭ ފެންވަރުގެ މި ޕިޗް އިންސްޓޯލްކޮށް ނިމޭއިރު އެންމެ ފެންވަރު ރަނގަޅު ލައިޓިން ސިސްޓަމެއްވެސް ގާއިމުކުރުމަށް ވަނީ ރާވައިފަ އެވެ. އަދި މި ދަނޑުވެގެންދާނީ މުޅި ރާއްޖޭގައިވެސް މިހާތަނަށް ގާއިމުކުރެވޭ އެންމެ ފެންވަރު ރަނގަޅު ޓާފު ދަނޑަށެވެ.

މި ޕްރޮޖެކްޓަކީ މިދިޔަ މަޖްލިސް އިންތިހާބުގެ ކެމްޕޭނުގައި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމުގެ ކެމްޕޭނަށް އެހީތެރިވުމުގެ ގޮތުން ނަޒީރު ވެ ވަޑައިގެންނެވި ވައުދެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.