ޓާފު އަޅަން ފަށައިފި

އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ޓާފު އެޅުމުގެ މަސައްކަތް ކުރަނީ– އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

ހުނަރުވެރި އެތައް ފުޓްބޯޅަ ކުޅުންތެރިންތަކެއް އުފައްދާފައިވާ ބ. އޭދަފުށީގައި ހަދާ ބައިނަލްއަގްވާމީ ފެންވަރުގެ ފުޓްބޯޅަ ދަނޑުގައި އިއްޔެ ޓާފު އަޅަން ފަށައިފި އެވެ.

އޭދަފުއްޓަށް އުފަން މަހުޖަނު، ޗާންދަނީ އަހްމަދު ނަޒީރު ފަންޑު ކޮށްގެން މިރަށުގައި ގާއިމުކުރާ ޓާފް ދަނޑުގައި އަޅާ ޓާފަކީ ފީފާގެ ރުހުން ދީފައިވާ ހަތް ކުންފުނީގެ ތެރޭގައި ހިމެނޭ ލިމޮންޓާ ސްޕޯޓްސް އެސްޕީއޭ ކުންފުނިން އުފައްދާ އެސްޕީމެކްސް45 ގެ ޓާފެވެ.

އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ޓާފު އެޅުމުގެ މަސައްކަތް ކުރަނީ– އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

މި ދަނޑުގެ ޕިޗް ތައްޔާރުކޮށްފައިވަނީ ބިމުގެ ފަސްގަނޑު ފުނަށް ކޮނުމަށްފަހު، އޭގެ މައްޗަށް 3000 ޓަނުގެ ހިލަ އާއި ފުނޑުކުރި ހިލަވެލިއަޅާ ލެވެލް ކުރުމަށްފަހު އެވެ.  އަދި އޭގެ މަތީގައި ދަނޑުގެ އަޑިއަށް ފެން ނުދާނެހެން ފެން ނުވަންނަ ފަށަލައެއް ނުވަތަ ވޯޓަރ ޕްރޫފް މެމްބްރޭން އެއްވެސް ވަނީ އަޅައިފަ އެވެ.

އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ޓާފު އެޅުމުގެ މަސައްކަތް ކުރަނީ– އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

އަދި އޭގެ މަތިން ޝޮކްޑްރެއިން ނިޒާމު ގާއިމުކުރެވިގެންދާނެ އެވެ. މި ނިޒާމަކީ އާންމުކޮށް ބިމުގެ ފަސްހަރުކޮށްގެން އެޅޭ ދަނޑުތަކާއި ބަލާފައި ކުޅުންތެރިންނަށް ލިބޭ އަނިޔާ ކުޑަކޮށް ދޭނެ ނިޒާމެކެވެ. ނަމަވެސް މި ނިޒާމުގެ މައި މަގްސަދަކީ ދަނޑުގެ އަޑިއަށް ފެން ދިޔަނުދީ، ވަށައިގެން ހެދޭ ކާނުގަނޑުތަކަށް ފެނދާނެގޮތް ހެދުމެވެ. މީގެ ސަބަބުން ވާރޭ ވެހުނަސް ދަނޑު ޗަކަ ނުވެ، ކުޅުންތެރިންނަށް އެ ކުޅުންތެރިންގެ ހުނަރު އެއްވެސް ހުރަހަކާނުލާ ވާރޭގައިވެސް ދައްކާލެވޭނެއެވެ.

އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ޓާފު އެޅުމުގެ މަސައްކަތް ކުރަނީ– އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

ޤައުމީ ފެންވަރުގެ މެޗުތައް ވެސް ކުޅެވޭ ފެންވަރުގެ މި ޕިޗް އިންސްޓޯލްކޮށް ނިމޭއިރު އެންމެ ފެންވަރު ރަނގަޅު ލައިޓިން ސިސްޓަމެއްވެސް ގާއިމުކުރުމަށް ވަނީ ރާވައިފަ އެވެ. އަދި މި ދަނޑުވެގެންދާނީ މުޅި ރާއްޖޭގައިވެސް މިހާތަނަށް ގާއިމުކުރެވޭ އެންމެ ފެންވަރު ރަނގަޅު ޓާފު ދަނޑަށެވެ.

އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ޓާފު އެޅުމުގެ މަސައްކަތް ކުރަނީ– އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

އޭދަފުށީ އިރުމަތީ ސަރަހައްދުގައި 254000 އަކަފޫޓްގެ މި ދަނޑުގެދިގުމިނަކީ 105 މީޓަރު އަދި ފުޅާމިނަކީ، 68 މީޓަރު ހުރެއެވެ.

އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ޓާފު އެޅުމުގެ މަސައްކަތް ކުރަނީ– އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.