ތުޅާދޫގައި ހަދާ ކުޑަކުދިން ފާކުގެ ވަށާފާރުން ބައެއް ވައްޓާލައިފި

ތުޅާދޫގައި ހަދާ ކުޑަކުދިންގެ ޕާކުގެ ވަށާފާރުން ބައެއް ވައްޓާލާފައި. އެ މައްސަލަ ވަނީ ފުލުހުންނަށް ހުށަހޅާފައި

ބ. ތުޅާދޫގައި އެރަށު ކައުންސިލުން ކުޑަކުދިންގެ ޕާކެއްގެގޮތުގައި ތަރައްގީކުރާ ސަރަހައްދުގެ ވަށާ ފާރުން ބައެއް ވައްޓާލައިފި އެވެ.

ތުޅާދޫ ކައުންސިލުގެ ރައީސް އަހްމަދު ރަޝީދު “އީޓީ” އަށް ވިދާޅުވީ ރޭ ދަންވަރުގެ ވަގުތެއްގައި އެ ޕާކުގެ ވަށާފާރުގެ 13 ވަރަކަށް މީޓަރުގެ ދިގުމިނުގެ ތަންގަނޑެއް ވައްޓާލާފައިވާ ކަމަށެވެ. އެއީ 18 އިންޗީގެ އުސް ފާރެކެވެ.

“ހެނދުނު އަޅުގަނޑުމެންނަށް އެނގުނީ. ބޮޑަށް ބެލެވެނީ ދަންވަރު ކުރިކަމެއް ކަމަށް،” އަހްމަދު ރަޝީދު ވިދާޅުވި އެވެ.   

އަހްމަދު ރަޝީދު ވިދާޅުވީ އެ މައުލޫމާތު މިއަދު ހެނދުނު އެ ކައުންސިލަށް ލިބުމާއެކު އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Avatar
    ތުޅާދޫ ދަރިއެއް

    އޭދަފުށީ ޓައިމްސް މީހުންނަށް ވަަރަށް މަޖާވާނެ އަތޮޅުގެ އެހެން ރަށެއްގައި މިކަހަލަ ކަންތައް ވަންޏާ. ވަަރަށް އަވަހަށް މި ވެބްސައިޓުގައިވެސް ޖަހާނެ. އޭދަފުށީގައި ހިނގާ އިޖްތިމާއީ މައްސަލަތަކެއް ނުޖަހާނެ. ކޮބާތަ ތި ރަށު ކައުންސިލު ޒިންމާދާރުވެރިޔާ ޚަބަރު. މަ ވަރަށް މި ވެބްސައިޓް ބެލިން ޙަަބަރަށް އަރާތޯ. ހަމަ ހީކުރިގޮތަށްވީ ވެސް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.