ޒޯން ޑިވެލޮޕްމަންޓް އޮފިސަރަކަށް ބައްޓޭ ހަމަޖައްސައިފި

ޑިވެލޮޕްމަންޓް އޮފިސަރަކަށް ހަމަޖެއްސި މުހައްމަދު ޒާހިދު (ބައްޓޭ)

އެފްއޭއެމުން ރާއްޖޭގެ އަށް ޒޯނެއްގައި ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް އޮފީސްތަކެއް ގާއިމްކޮށް ފުޓްބޯޅަ ތަރައްގީކުރުމުގެ ޕްރޮޖެކްޓްގެ ދަށުން ބ. އޭދަފުށީގައި ގާއިމުކުރާ ފުޓްބޯޅަ ޑިވެލޮޕްމަންޓް އޮފީހުގެ ޑިވެލޮޕްމަންޓް އޮފިސަރަކަށް މުހައްމަދު ޒާހިދު (ބައްޓޭ) ހަމަޖައްސައިފި އެވެ.

ޒޯން ޑިވެލޮޕްމަންޓް އޮފިސަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެ ޒޯންތަކުގައި އަންހެން، ފިރިހެން ގުރާސް ރޫޓް ޕްރޮގުރާމް ކުރިއަށް ގެންދިއުމާއި އާ ކުޅުންތެރިން އުފެއްދުމަށް ޔޫތު ޑިވެލަޕްމެންޓް ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ.

ޒޯން ޑިވެލޮޕްމަންޓް އޮފިސަރުގެ އިތުރުން މި ޒޯނަށް މިރޭ ވަނީ ހަ ކޯޗުންވެސް ހަމަޖައްސައިފައެވެ. ކޯޗުންގެ ގޮތުގައި ހަމަޖެއްސީ
1991 ވަަނަ އަހަރު ރާއްޖެ އަށް ރިހި މެޑަލް ހޯދައިދިން ޓީމުގެ އަބްދުލްވާހިދު ހުސެއިން އާއި ރާއްޖޭގެ ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހޯދި  އަބްދުލްމަޖީދު ހަސަން އާއި މުހައްމަދު ފާސިރު (ފާއްޓެ) އާއި ޒައިދު ޢަލީ އަދި އިބްރާހިމް ޝަހީދު އެވެ.

ބ. އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓްގެ ޑިވެލޮޕްމަންޓް އޮފިސަރާއި ކޯޗުންގެ އެއްބަސްވުމުގައި ސޮއިކުރުމަށް އެފްއޭއެމުން މިރޭ އޭދަފުށީގައި ބޭއްވި ބައްދަލުމުގައި ވާހަކަދައްކަމުން އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލްގަނީ (ސާންތީ) ވިދާޅުވީ، އޭދަފުށީގައި ގާއިމުކުރާ ޑިވެލޮޕްމަންޓް އޮފީސް ގާއިމްކޮށް ފުޓްބޯޅަ ތަރައްގީކުރުމުގެ މަސައްކަތް މިމަހުތެރޭ ފެށޭނެ ކަމަށެވެ.

“އަތޮޅު ފުޓްބޯޅަ” ނަމުގައި ކުރިއަށްގެންދާ މި ޕްރޮޖެކްޓަކީ ފީފާ ޕްރޮޖެކްޓެއްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

އެފްއޭއެމުން ބުނީ ޒޯން ޑިވެލޮޕްމަންޓް އޮފިސަރާއި ކޯޗުންގެ ބެލުމުގެ ދަށުން މި ސަރަހައްދުގައި ގްރާސްރޫޓުން ފެށިގެން އިންޓަ ސްކޫލް ލެވެލްގެ ފުޓްބޯޅައިގެ ތަމްރީންތަކާއި މުބާރާތްތައް އެ އޮފީހުގެ ބެލުމުގެ ދަށުން ކުރިއަށްގެންދެވޭނެ ކަމަށެވެ. އަދި ޔޫތު ޑިވެލޮޕްމަންޓާއި އިންޓަ ސްކޫލް މުބާރާތްތައް އެކު ސަރަހައްދުތަކަށް ބެހިގެން ދިއުމުން، މިހާރު ވެސް އެ ސަރަހައްދުތަކުގައި ތިބި ހުނަރުވެރި ކުޅުންތެރިން ތަރައްގީކުރުމުގެ މަސައްކަތުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ވެސް އެފްއޭއެމުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.