ހަމްޕު އާ ނިއުގެ އެއްބަސްވުން އެފްއޭއެމުން އުވާލައިފި

ހަމްޕު މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގައި ކުޅެނީ- ފޮޓޯ/މިހާރު

ނިއު ރޭޑިއަންޓުގެ ހުނަރުވެރި ކުޅުންތެރިޔާ އޭދަފުއްޓަށް އުފަން ހަމްޒާ މުހައްމަދު (ހަމްޕު) އެ ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓް އެފްއޭއެމުން މިއަދު އުވާލައިފި އެވެ.

އީޓީ އަށް އެނގިފައިވާ ގޮތުގައި އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީން ހަމްޕު ނިއު އާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލީ މުސާރައިގެ މައްސަލައިގަ އެވެ.

ނިއު އިން މިއަދު ހަމްޕުއަށް ދިން ލިޔުމެއްގައިވަނީ މިއަދުން ފެށިގެން ހަމްޕުއާ ދެމެދު ވެފައިވާ އެންމެހާ އެއްބަސްވުން ބާތިލްކޮށްފައިވާ ކަމަށެވެ.

ނިއު އިން ހަމްޕު އާއެކު ހަދައިފައިވާ ކޮންޓްރެކްޓް ބާތިލް ކުރުމުން ވަރަށް އަވަހަށް ހަމްޕު ކްލަބް ބަދަލުކުރާނެއެވެ. އެގޮތުން ހަމްޕު މި އަހަރު ފެންނާނެކަމަށް ބެލެވެނީ މާޒިޔާ އިންނެވެ.

އުމުރުން 23 އަހަރުގެ ހަމްޕު އެންމެ ފުރަތަމަ ވިދާލީ 2014 ވަނަ އަހަރު ނިއުގެ ޔޫތު ޓީމުންނެވެ. އެއަށްފަހު ސީނިއާ ޓީމުގައިވެސް ވޭތުވެދިޔަ ފަސް އަހަރު ހަމްޕު ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގައުމީ ޓީމުންވެސް ޖާގަ ހޯދި ހަމްޕު އަކީ ފުރަތަމަ ޑިވިޝަނުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.