ޓާފު ދަނޑު މާޗު 16 ވަނަ ދުވަހު ހުޅުވަނީ

ބ. އޭދަފުށީގައި ތަރައްގީކުރަމުން އަންނަ މަތީ ފެންވަރުގެ ޓާފް ދަނޑު ކުލަގަދަ ރަސްމިއްޔާތަކާއެކު މި މަހުގެ 16 ވަނަ ދުވަހު ހުޅުވަން ހަމަޖައްސައިފި އެވެ.

އޭދަފުއްޓަށް އުފަން ވިޔަފާރިވެރިޔާ ކްރައުން ކޮމްޕެނީގެ އެއް ހިއްސާދާރު އަހުމަދު ނަޒީރުގެ އަމިއްލަ ހަރަދުގައި ހަދަމުން އަންނަ މިދަނޑު ހުޅުވުމުގެ ގޮތުން އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ކުރިއަށް ގެންދަން ރާވައިފައިވަނީ އޭދަފުށިން ހޮވާލެވޭ ޓީމަކާއި، އެފްއޭއެމް އިން ހޮވާލާ ޓީމަކާ ދެމެދު ކުޅޭ ހާއްސަ ފުޓްބޯޅަ މެޗެކެވެ.

އެގޮތުން އޭދަފުށިން ހޮވާލެވޭ ޓީމްގެ ޕްރެކްޓިސް ޓާފް ދަނޑުގައި މިދިޔަ އަންގާރަ ދުވަހު ވަނީ ފަށައިފަ އެވެ.

އޭދަފުށީ ޓީމުން ބުނީ މި މެޗަށް ވަރަށް ފުރިހަމައަށް ތައްޔާރު ވަމުން އަންނަ ކަމަށާއި ގައުމީ ޓީމް ނުވަތަ އެފް އޭއެމް އިން ހޮވާލެވޭ ޓީމާ ދެކޮޅަށް ކުޅޭ މެޗް ކާމިޔާބު ކުރުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.

ދަނޑު ހުޅުވުމުގެ ގޮތުން ކުޅޭ މިމެޗްގައި އޭދަފުއްޓަށް މިނިވަން ޗެމްޕިއަންޝިޕް 2016 ވަނަ އަހަރު ކާމިޔާބުކޮށްދިން ކުޅުންތެރިނާ، އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ވެސް ވަނީ ފުރިސަތުދީފަ އެވެ.

އޭދަފުށީ ޓީމުގެ ކޯޗެއް ގޮތުގައި ހަރަކާތްތެރިވާނީ މިދިޔަ އަހަރު ޓީސީ އަށް މާލޭ ލީގު ކާމިޔާބުކޮށްދިން ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ. ފުޓްބޯޅައިގެ ތަފާތު ހަރަކާތްތަކެއް ފެނިގެންދާ މި ރަސްމިއްޔާތުގައި ރާއްޖޭގެ ފުޓްބޯޅައިގެ އިސްވެރިންނާއި ފުޓްބޯޅައަށް ލޯބި ކުރާ ގިނަ ބަޔަކު ބައިވެރިވާނެ އެވެ.

އޭދަފުށީގައި ގާއިމުކުރި ދަނޑުގެ ދިގުމިނުގައި 105 މީޓަރު ހުންނައިރު، ފުޅާމިނުގައި 68 މީޓަރު ހުރެ އެވެ. މި ދަނޑަކީ ފީފާ އެޕްރޫވްޑް ދަނޑެކެވެ. އަދި ދަނޑުގައި އަޅާފައިވާ ޓާފަކީ ފީފާ އިން ބަލާ މިންގަނޑަށް ފެތޭ ހަތް ކުންފުނީގެ ތެރޭގައި ހިމެނޭ ލިމޮންޓާ ސްޕޯޓްސް އެސްޕީއޭ ކުންފުނިން އުފައްދާ ޓާފެވެ. އަދި ދަނޑުގައި ހަރުކުރާ ލައިޓިން ސިސްޓަމަކީ މީގެ ދަނޑަކަށް އެންމެ ރަނގަޅު ލައިޓިން ސިސްޓަމް ކަމަށް މައުލޫމާތު ދެ އެވެ.

މި ދަނޑަކީ މިދިޔަ މަޖްލިސް އިންތިހާބުގެ ކެމްޕޭނުގައި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމުގެ ކެމްޕޭނަށް އެހީތެރިވުމުގެ ގޮތުން މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ނަޒީރުވި ވައުދާ އެކު އަޅައިދިން ދަނޑެކެވެ. އެހެންވެ މިކަމުގެ ފަހަތުގައި އޭދަފުށްޓަށް ނިސްބަތްވާ މީހަކު ހުރުމަކީ މި ރަށު ރައްޔިތުންނަށް ލިބިފައިވާ ހިތްހަމަޖެހުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.