ރަންޔޫބީލް ފާހަގަކުރަން ހަވާ އަރުވައިފި

އޭދަފުއްޓަށް މީހުން ބަދަލުކުރިތާ ރަންޔޫބީލް ފާހަގަ ކުރުމަށް މިރޭ އޭދަފުށީގައި ހަވާ އަރުވަނީ

އޭދަފުއްޓަށް މީހުން ބަދަލު ކުރިތާ 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަ ކުރުމުގެ ގޮތުން މިރޭ އޭދަފުށީގައި ފުރަތަމަ ފަހަރަށް ހަވާ އަރުވައިފި އެވެ.

ރަންރޫބީލް ހަރަކާތްތައް ފެށުމުގެ ގޮތުން ހަވާ އެރުވުން އޮތީ މިރޭ ޖަމިއްޔަތުލް ވަފާގެ މައިދާން ސަރަހައްދުގަ އެވެ. އެގޮތުން މިރޭ ގާތްގަނޑަށް 5 ވަރަކަށް މިނިޓަށް ހަވާ އެރުވި އިރު ގިނަ އަދަދެއްގެ ކުޑަކުދިން ގޮވައިގެން އާއްމުން އެ ސަރަހައްދަށް ޖަމާވި އެވެ.

ރަންޔޫބީލް މޮނިއުމެންޓް

މި ކުޅިވަރު އީދުގައި މިއަދު މާދަމާ ހަވީރު އޮންނާނީ އަންހެން/ފިރިހެނުންގެ ކޯޑި ކުޅުމެވެ. ހަވީރު 4:00 ގައި ރަސްމީ ފާލަން ކައިރިން ފެށީގެން ރަށުގެ ބޮޑެތި މަގުތަކުގައި ކުރިއަށްދާނެ އެވެ. އަދި ރަންޔޫބީލް ސްޓޭޖް ޝޯ ތައްވެސް މާދަމާ ރޭ ފަށާނެ އެވެ.

50 އަހަރު ފުރުނު މީހުންގެ އުފަންދުވަސް ފާހަަގަ ކުރުަމަށް ކޭކު ފަޅަނީ

މި ކުޅިވަރު އީދުގައި ސަޤާފީ ކުޅިވަރުތަކުގެ އިތުރުން އާއިލީ ހަވީރަކާއި، އަންހެނުންގެ މަސްރޭހަކާއި އަދި ބޮޑު ބާބަކިއުއެއްގެ އިތުރުން މާއްޑޫ އުނޑޫދޫ ފުނަދޫ މި ތިންރަށުގެ މީހުންގެ އޭރުގެ ދިރިއުޅުން ދައްކާލުމާއ ހާއްސަ ޖަލްސާއެއްގެ އިތުރުން ރައްޔިތުންނަށް ބާއްވާ ބޮޑު ޖާފަތެއް ވެސް އޮންނާނެ އެވެ.

މި ހުރިހާ ހަރަކާތެއްގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް މި ހަރަކާތް އިންތިޒާމުކުރާ ވަފާ ޖަމިއްޔާއިން އެދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.