އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބީއެމްއެލްގެ މުވައްޒަފުން މަހަށް

އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން “ދިވެހި މަސްވެރިން” ޖަމިއްޔާ އާ ގުޅިގެން އަންހެންނުންނަށް މަސްވެރިކަން ދަސްކޮށްދިނުމަށާއި މަސްވެރިކަމުގެ ތަޖުރިބާ އަންހެނުންނަށް ދިނުމުގެ ގޮތުން ހާއްސަ ހަރަކާތެއް ބާއްވައިފި އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މި ހަރަކާތުގައި ބޭންކުގެ އަންހެން މުވައްޒަފުންނާއި ގެމަނަފުށީ އަންހެނުން ހިމެނޭ ގޮތަށް ޖުމްލަ 30 އަންހެނުން ވަނީ ބައިވެރިވެފަ އެވެ.

ހުކުރު ދުވަހު ހަވީރު ފެށީ މި ހަރަކާތުގައި ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ފީނުމާއި، އެންދެމުމެވެ. އެންދެމުމަށްފަހު މަސް ބޭނުމަށްޓަކައި ހޮނިހިރު ދުވަހު ފަތިހު ދަތުރު ފަށައި، ގާތްގަނޑަކަށް ދެ ގަޑިއިރުގެ ތެރޭގައި ވަނީ 300 ކިލޯގެ މަސް ބާނައިފަ އެވެ. މަސްބާނައިގެން އެނބުރި ރަށަށް އައުމަށްފަހު، މަސް ކެނޑުމާއި އެ މަހުން ރިހާކުރު ކެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ މަސްވެރިކަން ކުރާ ގޮތް މި ފަދަ ހަރަކާތެއް މެދުވެރިކޮށް އަންހެނުން ދައްކުވައިދީ މީހުންނަށް މިފަދަ ފުރުސަތެއް ހޯދައިދެވުނުކަމީ ލިބޭ އުފަލެއް ކަމަށެވެ.

އަންހެނުންގެ ދުވަހާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ވަރަށް ގިނަ ހަރަކާތްތަކެއް ހިންގާފަ އެވެ. އެގޮތުން އަންހެން މުވައްޒަފުންނަށް ހިލޭ ޕެޑް ލިބޭނެ ގޮތް ހަމަޖެއްސުމާއި އަންހެނުންގެ ކުރިއެރުމާއި މަންފާއަށް މަސައްކަތްކުރާ ހާއްސަ ދެ ޖަމިއްޔާއަކަށް ފައިސާގެ އެހިތެރިކަންވަނީ ފޯރުކޮށްދީފަ އެވެ. އެ ޖަމިއްޔާތައް ކަމަށްވާ ‘ފެމިލީ ލީގަލް ކްލިނިކް’ އާއި ‘ވިމެން އިން ޓެކް’ އަށް ކޮންމެ ޖަމިއްޔާއަކަށް 46،000 ރުފިޔާ ވަނީ ހަދިޔާކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.