ބެލެނިވެރިންނަށް ހާއްސަ އިނގެރޭސި ކްލާސްތަކެއް ފަށަނީ

ގިނަ އައުޓްރީޗް ސެންޓަރު ތަކާއެކު “މަކިޔަވާނީ ރަށުގައި” މި ޝިއާރުގެ ދަށުން މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްގެ ބިޒްނަސް ސްކޫލުން އޭދަފުށީގައި ބެލެނިވެރިންނަށް ހާއްސަކޮށްގެން އިނގެރޭސި ކުލާސްތަކެއް ފެށުމަށް ހަމަޖައްސައިފި އެވެ.

އެމްއޭއެމް ބިޒްނަސް ސްކޫލުގެ ޑައިރެކްޓަ އޮފް އެކަޑަމިކްސް މުހައްމަދު ފިރާޒް ވިދާޅުވީ އޭދަފުށީގައި މި ކުލާސްތައް ހިންގުމަށް އިއުލާނު މިކުރެވުނީ ބެލެނިވެރިން އިތުރަށް ހޭލުންތެރިކުރުމަށާއި ދިރިއުޅުމުގެ މާހައުލުގައި އިނގެރޭސި ބަސް އެންގުމަކީ ކޮންމެހެން ބޭނުންކަމެއް ކަމުގައި ދެކޭތީ އެވެ. އަދި ކުދިންނަށް ގޭގައި ކިޔަވައިދޭއިރު  ބެލެނިވެރިންނަށް އިނގެރޭސި ބަސް އެނގޭނަމަ ވަރަށް ބޮޑަށް ފައިދާ ކުރާނެތީ ކަމަށްވެސް ފިރާޒު ވިދާޅުވި އެވެ.

“އަމާޒަކީ ގިނަބެލެނިވެރިން މިޕްރޮގްރާމަގައި ބައިވެރިވުން، ރަނގަޅަށް އިނގެރޭސިބަހުން ލިޔަންކިޔަން އެނގުމާއި ފަސޭހަކަމާއެކު ވާހަކަދައްކަން ހުރިހާ ބެލެނިވެރިންނަށްވެސް އެނގުން “ފިރާޒް ވިދާޅުވި އެވެ.

ކޯސް ހިންގާނީ 20 މީހުން ލިބުމުން ކަމަށް އެމްއޭއެމް ބިޒްނަސް ސްކޫލުން ހާމަކުރެއެވެ. އެގޮތުން ކޯސް ފަށާވަރަށް މީހުން ލިބިއްޖެނަމަ ވަކިމުއްދަތެއް ބެލުމެއް ނެތި ވީހާވެސް އަވަހަކަށް ކޯސް ފަށާނެކަމަށްވެސް އެ ކޮލެޖުން ބުންޏެވެ.

މި ކޯހުގެ ފީއަކީ 1000 ރުފިޔާއެވެ. އަދި އެޕްލިކޭޝަން ފީއެއްގެ ގެ ގޮތުގައި ކޮންމެ ފޯމަކާއެކު 100 ރުފިޔާ ދައްކަންޖެހެއެވެ.

އެމް އޭއެމް ބިޒްނަސް ސްކޫލުން ބުނިގޮތުގައި އެ ކޮލެޖުން ހިންގާ ކޯސްތަކުގައި އަބަދުވެސް ކިޔަވައި ދެއްވާނީ ވަރަށް ތަޖުރިބާ ހުރި ލެކްޗަރާއިންނެވެ. ކޯހާއިބެހޭ އިތުރު މައުލޫމާތާއި އެޕްލިކޭޝަން ފޯމް ހުށައެޅުމަށް އޭދަފުށިން ނަމަ ގުޅުއްވާނީ 7977087 އަދި 9631111 އާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.