ބ. އަތޮޅު ހޮސްޕިޓަލުގައި ޕްރައިވެޓް ރޫމްތަކާއެކު އާ އިމާރާތެއް ހަދަނީ

އަތޮޅުތަކުގައި ދޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން  ބ. އަތޮޅު ހޮސްޕިޓަލުގައި ޕްރައިވެޓް ރޫމުތަކަކާއެކު އާ އިމާރާތެއް ހަދަން ނިންމައި، އެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަން ހެލްތު މިނިސްޓްރީން އިއްޔެ އިއުލާނުކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ކުރި އިއުލާނުގައި  ބ. އަތޮޅު ހޮސްޕިޓަލުގެ އިތުރުން ނ. އަތޮޅު ހޮސްޕިޓަލާއި ދ. އަތޮޅު ހޮސްޕިޓަލުގައި އަޅާ އާ އިމާރާތް ޑިޒައިންކޮށް ކުރެހުން، ބިލް އޮފް ކުއަންޓީޓީ އަދި ޓެންޑަ ޑޮކިޔުމެންޓް ހަދާނެ ބަޔަކު ބޭނުންވާ ކަމަށެވެ.

ބ. އަތޮޅު ހޮސްޕިޓަލުގައި ޕްރައިވެޓް ރޫމުތަކަކާއެކު އާ އިމާރާތެއް ހަދަން ނިންމިއިރު، ލެބޯޓްރީ އާއި އެހެން އިތުރު ވަސީލަތްތަކާއެކު އެ ހޮސްޕިޓަލު މިއަހަރު އިތުރަށް ތަރައްގީ ކުރެވޭނެކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ކުރިންވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު އޭރު ވިދާޅުވީ މިނިސްޓަރު ވިދާޅުވީ ބ. އަތޮޅު ހޮސްޕިޓަލް ތަރައްގީ ކުރުމުން، އެކަމުގެ ފައިދާ ލިބިގެންދާނީ ހަމައެކަނި އޭދަފުށިގައި އުޅޭ މީހުންނަށް ނޫންކަމަށާއި، ޗުއްޓީއަށް މިރަށަށް އަންނަ އެހެން ރަށްރަށުގެ މީހުނަށްވެސް ފައިދާކުރާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.