މާދަމާއަކީ އޭދަފުށްޓަށް ފުޓްބޯޅައިގެ އީދެއް

އެފްއޭއެމް ޓީމާ ދެކޮޅަށް ނުކުންނަ އޭދަފުށީ ޓީމު ފަރިތަކުރުންތަކުގައި– އީޓީ ފޮޓޯ: ނައުޝަލް

ބ. އޭދަފުށްޓަށް ވުރެ ފުޓްބޯޅައާ ގުޅުން ބޮޑު ރަށެއް ރާއްޖޭގައި މަދުވާނެ އެވެ. ހުނަރުވެރި އެތައް ކުޅުންތެރިންތަކެއް ގައުމީ ޓީމާއި ފުރަތަމަ ޑިވިޝަނަށް ނެރެދީފި އެވެ. ވަރުގަދަ ފުޓްބޯޅަ ޓީމެއް ނުކުމެ ފުރަތަމަ ޑިވިޝަނުގައި ވާދަކޮށްފި އެވެ. މާދަމާއަކީ މިރަށުގެ ފުޓްބޯޅަ ތާރީހުގައި އަނެއްކާ ވެސް މުހިއްމު ދުވަހެކެވެ. މިރަށުގައި ގާއިމުކުރި މަތީ ފެންވަރުގެ ފުޓްބޯޅަ ދަނޑު ހުޅުވުމާއެކު މިރަށުގައި ފުޓްބޯޅައިގެ ފޯރި އިތުރަށް ގަދަވެގެންދާނެ އެވެ.

އޭދަފުއްޓަށް އުފަން ވިޔަފާރިވެރިޔާ އަދި ކްރައުން ކޮމްޕެނީގެ އެއް ހިއްސާދާރު އަހުމަދު ނަޒީރުގެ އަމިއްލަ ހަރަދުގައި ތަރައްގީ ކޮށްފައިވާ ދަނޑު ހުޅުވުމުގެ ގޮތުން އެންމެ ހާއްސަ ކަމަަކަށް އޮތީ މާދަމާ ހަވީރު އެފްއޭއެމް ޓީމާ ދެމެދު ކުޅޭ ހާއްސަ ފުޓްބޯޅަ މެޗެވެ.

އޭދަފުށީ ޓީމު މެޗަށް ތައްޔާރު ކުރަމުން އަންނަ ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) މާދަމާ މެޗަށް ނުކުންނަ އޭދަފުށީ ޓީމުގައިވެސް ގައުމީ ޓީމާއި ފުރަތަމަ ޑިވިޝަނުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭތީ މާދަމާ ފެންނާނީ ވަރަށް ފޯރިގަދަ އަދި ވާދަވެރި މެޗެއް ކަމަށާއި އޭދަފުށި ބަލިކުރަން ފަސޭހަ ނުވާނެ ކަމަށެވެ.

 އޭދަފުށީ ޓާފު ދަނޑު ހުޅުވުމާއެކު އޭދަފުށީގެ ފުޓްބޯޅައަށް ގިނަ ފައިދާތަކެއް ކުރާނެކަމަށްވެސް މޯހަން ދެކެއެވެ. އަދި އޭނާ ގަބޫލު ކުރާ ގޮތުގައި މި ދަނޑަކީ އަންނަން އޮތް ޖީލުތަކަށް ފައިދާކުރާނެ ދަނޑެކެވެ.

އެފްއޭއެމް ޓީމާ ދެކޮޅަށް ނުކުންނަ އޭދަފުށީ ޓީމަށް މޯހަން އިރުޝާދު ދެނީ. – އީޓީ ފޮޓޯ: ނައުޝަލް

“މުސްތަގްބަލަށް މިއީ ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް. ހަމަގައިމުވެސް ކުރިން ބޯޅަ ކުޅެމުންދިޔަ ދަނޑަކީ ވަރަށް ކުރިންސުރެ އަޅުގަނޑު ހަމަ ދެކެ ފަރިތަ ދަނޑެއް. ވަރަށް ގިނައިން އާދެވިފަ ހުރި އެއް ރަށް އޭދަފުށްޓަކީ. އެހެންވީމަ އެ ދަނޑުގެ ހާލަތަކީ އަނެންހެން ބުނަންޏާ މި ދަނޑާ އަޅާ ބަލާފަ ހަމަ ވަރަށް ބޮޑު ތަފާތެކޭ ދަންނަވަން ޖެހެނީ،” މޯހަން ބުންޏެވެ.

އެފްއޭއެމް ޓީމާ ދެކޮޅަށް ނުކުންނަ އޭދަފުށީ ޓީމު ފަރިތަކުރުންތަކުގައި– އީޓީ ފޮޓޯ: ނައުޝަލް

އޭދަފުށީގެ ކުޅުންތެރިންނާއި އެފްއޭއެމްގެ ޓީމު ބައްދަލުކުރާ މި މެޗުގައި ދެ ޓީމަށް ވެސް ކުރީގެ މަޝްހޫރު ތަރިން ކުޅޭނެ އެވެ.

އެގޮތުން އެ ޓީމުގައި ސުޒުކީ ކަޕް ކާމިޔާބުކުރިއިރު، މޮޅު ކުޅުމެއް ދެއްކި އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) ހިމެނެއެވެ. އަދި، މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބުގައި މޮޅު ކުޅުމެއް ދެއްކި އިޝާން އިބްރާހީމް (ސައްޓު) ގެ އިތުރުން މިހާރު ފުރަތަމަ ޑިވިޝަނުގައި ކުޅޭ އެރަށުގެ ގިނަ ކުޅުންތެރިންތަކެއް މެޗުގައި ކުޅޭނެއެވެ. މި ކުޅުންތެރިންގެ އިތުރުން އެރަށުގެ ފުޓްބޯޅަ ލެޖެންޑް އަބްދުލްމަޖީދު އިބްރާހީމް (ކެޕްޓަން މަޖިއްޓޭ) އާއި 2008 ވަނަ އަހަރު ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ޓީމުގައި ހިމެނުނު މުހައްމަދު ޖަމީލް (ޖަމްބޭ) އާއި މުހައްމަދު ސިފާން (ކުޑައްޓޭ) އަށްވެސް މެޗުގައި ބައިވެރިވުމަށް ވަނީ ދައުވަތު ދީފައެވެ.

އޭދަފުށީގެ ކުޅުންތެރިންނާއި އެފްއޭއެމްގެ ޓީމު ބައްދަލުކުރާ މި މެޗުގައި ދެ ޓީމަށް ވެސް ކުރީގެ މަޝްހޫރު ތަރިން ކުޅޭނެ އެވެ. އެގޮތުން އެ ޓީމުގައި ސުޒުކީ ކަޕް ކާމިޔާބުކުރިއިރު، މޮޅު ކުޅުމެއް ދެއްކި އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) ހިމެނެއެވެ. އަދި، މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބުގައި މޮޅު ކުޅުމެއް ދެއްކި އިޝާން އިބްރާހީމް (ސައްޓު) ގެ އިތުރުން މިހާރު ފުރަތަމަ ޑިވިޝަނުގައި ކުޅޭ އެރަށުގެ ގިނަ ކުޅުންތެރިންތަކެއް މެޗުގައި ކުޅޭނެއެވެ. މި ކުޅުންތެރިންގެ އިތުރުން އެރަށުގެ ފުޓްބޯޅަ ލެޖެންޑް އަބްދުލްމަޖީދު އިބްރާހީމް (ކެޕްޓަން މަޖިއްޓޭ) އާއި 2008 ވަނަ އަހަރު ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ޓީމުގައި ހިމެނުނު މުހައްމަދު ޖަމީލް (ޖަމްބޭ) އާއި މުހައްމަދު ސިފާން (ކުޑައްޓޭ) އަށްވެސް މެޗުގައި ބައިވެރިވުމަށް ވަނީ ދައުވަތު ދީފައެވެ.

އޭދަފުށީގައި އެޅި ދަނޑުގެ ދިގުމިނުގައި 105 މީޓަރު ހުންނައިރު، ފުޅާމިނުގައި 68 މީޓަރު ހުރެ އެވެ. މި ދަނޑަކީ ފީފާ އެޕްރޫވްޑް ދަނޑެކެވެ. އަދި ދަނޑުގައި އަޅާ ޓާފަކީ ފީފާ އިން ބަލާ މިންގަނޑަށް ފެތޭ ހަތް ކުންފުނީގެ ތެރޭގައި ހިމެނޭ ލިމޮންޓާ ސްޕޯޓްސް އެސްޕީއޭ ކުންފުނިން އުފައްދާފައިވާ ޓާފެވެ.

މި ދަނޑަކީ މިހާތަނަށް ކުޅިވަރުގައި މި ރަށުގައި ކުރެވޭނެ އެންމެ ބޮޑުއެއް ހޭދަ އެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.