މަޖިލިސް ބަހުސްގައި ސަލީމާއި ޔޫސޭގެ ބަހުގެ ހަމަލާތަކެއް!

15 މާޗް، 2019: ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ޕީއެސްއެމްއިން ބާއްވާ އިންތިޚާބީ ބަހުސްގެ އޭދަފުށި ދާއިރާގެ ބަހުސްގެ ތެރެއިން / ފޮޓޯ: މުޙައްމަދު އާދަމް – ޕީއެސްއެމް ނިއުސް

ބޯމަތީގައި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޭދަފުށީ ދާއިރާގެ ގޮނޑިއަކީ ވާދަވެރި ގޮނޑިއެކެވެ. ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރެވެމުން، ބައެއް މީހުންގެ ރުޅިގަނޑު ވަނީ ކޮންޓްރޯލުންވެސް ނެއްޓިފަ އެވެ. އެގޮތުން ޕީއެސްއެމުން މިއަދު ބޭއްވި މަޖިލިސް ބަހުސްގައި އޭދަފުށީ ދާއިރާގެ މިހާރުގެ މެންބަރު އަހްމަދު ސަލީމާއި ޔޫސުފް މޫސާ (ޔޫސޭ) އެއްބޭފުޅަކު އަނެއް ބޭފޫޅަކަށް ވަނީ ބަހުގެ ހަމަލާތަކެއް ފޮނުވާލައިފަ އެވެ.

ބަހުސްގެ މެދު ތެރެއިން ޔޫސޭ ވިދާޅުވީ ދާއިރާގެ ބޭފުޅަކު މަޖިލީހުގައި ތަމްސީލް ކުރުމަކީ ދާއިރާގެ ހުރިހާ ރައްޔިތުން މަޖިލީހުގައި ތަމްސީލްކުރުމާ އެއްފެންވަރުގެ ކަމެއް ކަމަށެވެ. އަދި ވޭތުވެދިޔަ 10 އަހަރު ދާއިރާގެ ރައްޔިތުން ހޮވި ބޭފުޅަކު ހޮވީ 10 އަހަރު ދުވަހު 5000 މީހުންގެ ހައްގު ހިމާޔަތް ކުރުމަށް ވަކާލާތު ކުރުމަށް ކަމަށެވެ.

15 މާޗް، 2019: ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ޕީއެސްއެމްއިން ބާއްވާ އިންތިޚާބީ ބަހުސްގެ އޭދަފުށި ދާއިރާގެ ބަހުސްގެ ތެރެއިން / ފޮޓޯ: މުޙައްމަދު އާދަމް – ޕީއެސްއެމް ނިއުސް

“އެހެންވީމާ ކެޕްޓަނެއްގެ ހައިސިއްޔަތުން 10 އަހަރު ދުވަހު ކެޕްޓަނެއް ލައިގެން ދުއްވީމާ އެ އެއްޗަކުން އަޅުގަނޑުމެންނަށް އެއްވެސް ފައިދާއެއް ނުކުނި. ހަމަ ދޯނި ގޮސް އަރަނީ ކޮންމެވެސް ފަރަކަށް. ފަރަކަށް އެރީމަ ދެން އޭތި ބީހިގެން އަނެއްކަ ބާލަން ޖެހެނީ. އެހެންވީމާ،  5000 ރައްޔިތުން ގޮވައިގެން ދާއިރާގެ މަންދޫބަކު ކުރިއަށް ނުދެވެންޏާ ދެން އަޅުގަނޑުމެން ދާއިރާގެ ރައްޔިތުން ބުނަނީ ދެން ނެތޭ ކުރިއަށް އޮތް 5 އަހަރު އަނެއްކަ އެބޭފުޅާ އައްޔަން ކުރެވޭނެ ގޮތެއް. އެހެންވީމާ އޭނަ މިފަހަރަކު ނުހޮވާނަމޭ. މިފަހަރު ބޭނުންވަނީ ބަދަލެކޭ،” ޔޫސޭ ވިދާޅުވި އެވެ.

ބަހުސްގެ ފަހު ފުރުސަތުގައި ރައްދު ދެއްވަމުން ސަލީމް ވިދާޅުވީ މަޖިލީހުގައި އޭނާ މަސައްކަތް ކުރެއްވީ ރައްޔިތުން ފަޚުރުވެރިވާ މިންވަރަށް ކަމަށާއި ތަންދޮރު ނުފިލާ މީހުން މަޖިލިސްއަށް ކުރިމަތިލުމުން އޭނާ އެކަމާ ދެރަވާ ކަމަށެވެ.

“އެހެންވީމާ ތަންދޮރު ނުފިޔާ ރޫމް ބޯއީއަކަށް އުޅުފަ މިތަނަށް އައިސް، ތިމަންނަ އަކީ މާމޮޅޫ މީހަކަށް ހެދިގެން ހުރެ، ޒާތްޒާތުގެ ވާހަކަ ދައްކާއިރު ތިމާއަކީ ތަސައްވުރު ނުފުދޭ މީހެއްކަން، މިކަހަލަ މަގާމަކަށް ކުރިމަތިލީތީވެސް އަޅުގަނޑު ދެރަވޭ. އަދި މިފަހަރުގެ ވޯޓުން ވަރަށް ހަނި ކުޑަކުޑަ ނަތީޖާއަކުން ލަނދު ގަންނަ މިންވަރުން އޭދަފުށީގެ ރައްޔިތުން ވޯޓް ދީގެން ބަލިވާތަން ފެންނާނެ،” ސަލީމް ވިދާޅުވި އެވެ.

15 މާޗް، 2019: ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ޕީއެސްއެމްއިން ބާއްވާ އިންތިޚާބީ ބަހުސްގެ އޭދަފުށި ދާއިރާގެ ބަހުސްގެ ތެރެއިން / ފޮޓޯ: މުޙައްމަދު އާދަމް – ޕީއެސްއެމް ނިއުސް

ސަލީމުގެ ވާހަކަތަކަށް ރައްދު ދެއްވަން ބޭނުން ނުވާކަމަށްވިދާޅުވެ، ޔޫސޭ ވިދާޅުވީ އެމްއެމްޕީއާރުސީގެ ރިޕޯޓް ނެރުނުއިރު ދިވެހި ރައްޔިތުންގެ ފައިސާ ނަހަނަ ގޮތުގައި ބޭނުން ކޮށްފައި ތިބި ބޭފުޅުން މަޖިލީހަށް ހޮއްވައިފިނަމަ އިތުރު ފައިސާތަކެއް ރައްޔިތުންގެ އަތުން ގެއްލިގެން ދާނެ ކަމަށެވެ. އަދި އޭނާ މަޖީލީހަށް ހޮއްވަވައިދެއްވައިފިނަމަ ކުރިއަށްއޮތް އަހަރު ދުވަހުގެތޭރޭގައި މަޖިލިސްގެ ތެރެއިން އެ ހުރިހާ ކަމެއް ނިންމައި ރައްޔިތުންގެ ކުރިމަތީގައި އެކަން ހިނގި ގޮތް ސާބިތު ކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.  

މިއަދުގެ ބަހުސްގައި ސަލީމާއި ޔޫސޭގެ އިތުރުން އެމްޑީޕީ ޓިކެޓްގައި މި ދާއިރާއަށް ވާދަކުރައްވާ އަހްމަދު އާރިފް (އާއްޓެ) ބައިވެރިވެ ވަޑައިގެންނެވި އިރު، އަމިއްލަގޮތުން ވާދަކުރައްވާ އަހްމަދު ފައިސަލް ބަހުސްގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

 1. Avatar
  Ali

  Musaarayaa inaayathuge gothuga mahakau 82500 rufiyaa libeygothah amihlayah musaara bodukohgen adhi nuvithaakah dhauru hamavumah fahu musaaraage 40 percent mahaku 19000 rufiyaa maruvandhen libeygothah amihlayah bilu faaskohgen rayyithunge laari nuhahgun thalhaa buruvaa baeh mee. majileehah haaziruvaneekee noon. haaziruviyas heevanee kukulhu kohteh therey kukulhu thakeh ulheyhen.hadhaafa huri baeh gaanoonuthah faaskohfahuri baeh biluthah fenifa heehee halaakuvaavaruvey hunnaleh joke kamun. emme hehvaa kamakee asaasee thauleemeh ney meehakahves majileehuga indheveynethee.

  ރައްދު
 2. Avatar
  Ali

  Faaithuvi 10 aharu dhaulathah 140 billion rufiyaa libifai vumuge ithurah 43 billion rufiyaain gaumu dharuvaalevigen ves Eydhafuhtah genevunu tharahgee eh nufeney.

  ރައްދު
 3. Avatar
  Ali

  Bahusga Saleeme dhehkee beykaaru vaahaka. vaguthuge beynun kuraakah neygunu. Hama egothah majileehuga 10 aharu heydhavi iru dhaulathah 140 billion rufiyaa vadhefai vee hindhu Eydhafusheege bin hihkun fiyavaa kurevunu kameh ney. Magu hadhaneeyey kiyaafa 4 aharuvee iruves nunimi lasvumuge sababun vehikal thah ithurah halaakuve rayyithun nah ithuru thakuleefeh jehsee.

  ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.