ރާއްޖޭގައި އެޅި އެންމެ ފެންވަރު ރަނގަޅު ޓާފް ދަނޑު އޭދަފުށީގައި ހުޅުވައިފި

އޭދަފުށީގައި ގާއިމުކުރި މަތީ ފެންވަރުގެ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން—އީޓީ ފޮޓޯ/ނައުޝަލް

ބ. އޭދަފުއްޓަށް އުފަން ވިޔަފާރިވެރިޔާ އަދި ކްރައުން ކޮމްޕެނީގެ އެއް ހިއްސާދާރު އަހުމަދު ނަޒީރުގެ އަމިއްލަ ހަރަދުގައި މި ރަށުގައި އެޅި އެންމެ ޒަމާނީ ފެންވަރުގެ ޓާފް ދަނޑު މިއަދު ހުޅުވައިފި އެވެ.

މިއަދު މެންދުރުފަހު އޮތް ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެކްޓިން ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދު އެވެ. މި ރަސްމިއްޔާތުގައި  އެފްއޭއެމް ގެ އިސް ބޭފުޅުންގެ އިތުރުން ރާއްޖޭގެ ފުޓްބޯޅައިގެ ލެޖެންޑުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އޭދަފުށީގައި ގާއިމުކުރި މަތީ ފެންވަރުގެ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން—އީޓީ ފޮޓޯ/ނައުޝަލް

ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ މި ދަނޑަކީ މިވަގުތު ދިވެހިރާއްޖޭގައި އޮތް އެންމެ ފެންވަރު ރަނގަޅު ދަނޑު ކަމަށާއި އަދި ބައިނަލް އަގްވާމީ ފެންވަރަށް އޮތް އެންމެ ވަރުގަދަ މިސާލު ކަމަށެވެ. އަދި ދިވެހި ރާއްޖޭގެ ގައުމީ ޓީމަށް އެންމެ ގިނަ ފުޓްބޯޅަ ކުޅުންތެރިން އުފެއްދި ރަށެއްގައި އެއްވެސް ސަރުކާރަކަށް މިކަހަލަ ކަމެއް ނުކުރެވި އޮއްވައި އޭދަފުއްޓަށް އުފަން ދަރިއަކު މިފަދަ ކަމެއް ކުރެއްވި ކަމަށްޓަކައި އޭނާ ވަނީ ނަޒީރުއަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

އޭދަފުށީގައި ގާއިމުކުރި މަތީ ފެންވަރުގެ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން—އީޓީ ފޮޓޯ/ނައުޝަލް

“އެހެންވީމާ ދިވެހި ސަރުކާރުންވެސް އަދި އެހެން ފަރާތްތަކުންވެސް ރާއްޖޭގައި ދަނޑުތައް ތަރައްގީކުރާއިރު މިއީ މިސާލެއްގެ ގޮތުގައި ބެލުމަސް ރަނގަޅު ކަމަކަށް ވާނެ ކަމަށް އަޅުގަނޑު ދެކެން. މި ދަނޑަކީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލާ ވެސް ގުޅިގެންދާނެ ދަނޑެއް،”

އެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ނަޒީރު ވިދާޅުވީ މިއީ ވަރަށް ގިނަ ދުވަސް ވަންދެން މިރަށުގެ ޒުވާނުން  ކުރަމުން އައި އުއްމީދެއް ކަމަށާއި މި ދަނޑާ އެކު އޭދަފުށީގެ ފުޓްބޯޅަ މިހާރަށްވުރެ ކުރިއަށްދާނެ ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ.

“އަޅުގަނޑު ދެން މިހާރު ދެކޭ ހިތްވަނީ އޭދަފުއްޓަށް ދިވެހި ފުޓްބޯޅަ ލީގުގެ ތަށި ގެންނާނެ ދުވަސް،”

އޭދަފުށީގައި ގާއިމުކުރި މަތީ ފެންވަރުގެ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން—އީޓީ ފޮޓޯ/ނައުޝަލް

ނަޒީރު ވިދާޅުވީ މި ދަނޑުގެ ސަބަބުން އޭދަފުށީގެ ރައްޔިތުންނަށް މާލީގޮތުން ވެސް ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށާއި އެ ބޭނުމުގައި ވަރަށް އަވަހަށް ދަނޑުގައި އެކަށީގެންވާ ލައިޓިން ސިސްޓަމެއްވެސް ހަރުކޮށްދޭނެ ކަމަށް ނަޒީރު ވިދާޅުވި އެވެ.

އޭދަފުށީގައި ގާއިމުކުރި މަތީ ފެންވަރުގެ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން—އީޓީ ފޮޓޯ/ނައުޝަލް

“ލައިޓް ސިސްޓަމް ހަރުކުރީމަ ނަތީޖާއަކަށްވާނީ ރީޖަނަލް މެޗުތައް ވެސް މިތާ ކުޅެވޭނެ. އެހެން ކަމަށްވަންޏާ ބޭރުގެ މީހުން އައިސް މިތަންތަނުގެ ގެސްޓްހައުސް ތަކުގެ އޮކިއުޕެންސީ ރަނގަޅުވެ، ރަށުގެ ތިޔާގި ކަމަށް އިތުރު ކުރިއެރެމެއް ލިބޭނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،” ނަޒީރު ވިދާޅުވި އެވެ.

އޭދަފުށީގައި ގާއިމުކުރި މަތީ ފެންވަރުގެ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން—އީޓީ ފޮޓޯ/ނައުޝަލް

ދަނޑު ހުޅުވުމުގެ ގޮތުން މިއަދު ހަވީރު ކުޅުނު ހާއްސަ މެޗުގައި ބައްދަލުކުރީ ކްލަބް އޭދަފުއްޓާ ފުރަތަމަ ޑިވިސަންގެ ލެޖެންޑުންގެ ޓީމެކެވެ.  މި މެޗު 6-2 އިން ކާމިޔާބުކުރީ ލެޖެންޑުންގެ މައްޗަށް އެކުލާވާލި ޓީމުންނެވެ.

އޭދަފުށީގައި ގާއިމުކުރި މަތީ ފެންވަރުގެ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން—އީޓީ ފޮޓޯ/ނައުޝަލް

ގައުމީ ފުޓްބޯޅަ ޓީމާއި ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ކޮންމެ ޓީމަކަށް ބަލާލިޔަސް އޭދަފުށްޓަށް ނިސްބަތްވާ ކުޅުންތެރިއަކު ހިމެނެ އެވެ. ފުޓްބޯޅަ އަށް ލޯބިކުރާ ގިނަ ޒުވާނުންތަކެއް އުޅޭ މި ރަށުގެ ކޮންމެ ޒުވާނެއް އަދި ދުވަސްވީ މީހެއް ވެސް ދެކޭ އެއް ހުވަފެނެއް އެންމެ ކުރިން ވެސް އޮތެވެ. އެއީ ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑެއް ލިބުމެވެ. ހުނަރު ތަރައްގީކުރާނެ ވަސީލަތެއް އޮތުމެވެ. މިއަދު މި ހުޅުވި ދަނޑާ އެކު މި ކަންތައްތައް ހަގީގަތަކަށްވާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.