ވެޓަރަންސް ޓީމުގެ ހާއްސަ މެޗެއް ހުކުރު ދުވަހު މާލޭގައި

މިދިޔަ އަހަރު އޭދަފުށީ ވެޓަރެންސް ޓިމާއި މޯލްޑިވްސް ސޮކާ މޭޓްސް އާ އެކު ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން

އޭދަފުށީ ވެޓަރަންސް ފުޓްބޯޅަ ޓީމުން މޯލްޑިވްސް ސޮކަރ މޭޓްސް ފުޓްބޯޅަ ޓީމާއެކު ކުޅޭ އެކުވެރި ކަމުގެ ދެވަނަ މެޗު އަންނަ ހުކުރު ދުވަހު ހަވީރު މާލޭގައި އޮންނާނެ އެވެ.

އޭދަފުށީ ވެޓަރަންސް ފުޓްބޯޅަ ޓީމުގެ މެނޭޖަރު އަހްމަދު ނާސިރު ބުނީ މި މެޗަކީ ވެސް އަންނަ އަހަރު މެލޭޝިޔާގައި އޮންނަ އިންޓަނޭޝަނަލް ވެޓަރަންސް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ސިލްސިލާކޮށް އޭދަފުށީ ޓީމުން ކުޅެމުން އަންނަ މެޗްތަކުގެ ތެރެއިން މެޗެއް ކަމަށެވެ.

މި މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4:15 ގައި މާލޭ އެފްއޭއެފް ޓާފް ދަނޑުގަ އެވެ.

ނާސިރު ބުނީ، މި މެޗުގައި ވެސް އަށްޑިހައިގެ ފަހުކޮޅުގެ އަހަރުތަކުގައި އެއްވަނަ ޑިވިޝަނުގައި ވާދަކުރި އޭދަފުށީ ފުޓްބޯޅަ ޓީމުގައި ހިމެނުނު މުހިއްމު ބައެއް ކުޅުންތެރިން ކުޅޭނެ އެވެ. އަދި ވީހާވެސް ގިނަ ބަޔަކު އަދި ވަކިން ހާއްސަކޮށް ބ. އަތޮޅަށް ނިސްބަތްވާ މީހުން މި މެޗު ބަލަން ދިޔުމަށް ޓީމުގެ ފަރާތުން އޭނާ އެދެއެވެ.

މި މެޗަށް ތައްޔާރުވުމުގެ ގޮތުން އޭދަފުށީ ވެޓަރަންސް ޓީމުން އަނަންނަނީ ޕްރެކްޓިސް ކުރަމުންނެވެ.

އޭދަފުށީ ވެޓަރަންސް ޓީމުން ވަނީ މިދިޔަ އަހަރު މޯލްޑިވްސް ސޮކާ މޭޓްސްއާ އެކު އޭދަފުށި އަދި މާލޭގައި ވެސް އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅެފަ އެވެ. އޭގެ އިތުރުން ރަށުން ބޭރުގައި ވެސް ގިނަ މެޗުތަކެއް ވަނީ ކުޅެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.