މިއީ ރާއްޖެ އަށް ހޫނުގަދަ ދުވަސްވަރު، ސަމާލުވޭ!

ހިލަ ބަސްތާތަކެއްމަތީ ދެ ބިދޭސީއަކު އިށީއިނދެ ލައިގެން. މިދުވަސްވަރު ރާއްޖެއަށް ހޫނު ގަދަ. ފޮޓޯ/އަވަސް އޮންލައިން

މިއީ ރާއްޖެއަށް އާއްމުކޮށް އެންމެ ހޫނު ގަދަވާ ދުވަސް ވަރެވެ. ނަމަވެސް މި ދުވަސްވަރު މެންދުރުގެ އަވިގަދަ ވަގުތުތަކުގައި ވަނީ ދިލަ ހޫނެކެވެ. ރާއްޖެއަށް މިދުވަސްވަރު ހޫނު ގަދަވާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ވަނީ އިލްތިމާސްކޮށްފަ އެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި ހޫނު ގަދަވުމުގެ ސަބަބުން އެންމެ ބޮޑަށް ނުރައްކާވަނީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންނާއި ދާއިމީ ބައްޔަށް ފަރުވާކުރާ މީހުންނަށެވެ. ކުޑަކުދިންގެ ތެރެއިން ހަމަސް ނުފުރޭ ކުއްޖެއްނަމަ ގާތުން ދިނުމަށް ސަމާލުވުމަށާއި ހަމަސް ފުރިފައިވާ ކުއްޖެއްނަމަ ގިނައިން ދިޔާ އެއްޗެހި ދިނުން މުހިއްމުކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އަދި އެންމެ އަވިގަދަ ގަޑީގައި ކުޑަކުދިން ބޭރަށް ނުނެރުމަށާއި، އެ ގަޑިތަކުގައި ކުދިން ބޭރަށް ނެރެފިނަމަ އިރުގެ ދޯދިން ސަލާމަތް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ގަދަ ހޫނުގެ ސަބަބުން  ކަރުނުހިއްކި ނަމަވެސް ފެންމަދުވިޔަ ނުދިނުމަށް މިދުވަސްވަރު ގިނައިން ފެންބޯންޖެހެއެވެ. އަދި ހަށިގަނޑުން ފެން ބޭރުވިޔަ ނުދިނުމަށް ގިނައިން ހަކުރުހުރި ބުއިންތައް ބޭނުން ކުރުން މުހިއްމެވެ.

އަދި އަވިން ސަލާމަތް ވުމަށް ކުޑަފަދަ ތަކެތި ބޭނުން ކުރުމަށާއި، އިރުގެ ދޯދިން ލިބޭ ގެއްލުމުން ލޯ ސަލާމަތް ކުރުމަށް ޔޫވީ ރޭޑިއޭޝަން ފިލްޓަރ ކޮށްދޭ އަވިއައިނު ބޭނުންކުރުމަށްވެސް އެޗްޕީއޭ އިން މިއަދު ވަނީ އިރުޝާދު ދީފައެވެ.

ހޫނު ގަދަވުމުގެ ސަބަބުން ސިއްހީ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ވީ އެންމެ އަވަހަކަށް ސިއްހީ ފަރުވާ ހޯދުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭ އިން ވަނީ މި ދުވަސްވަރު އެކި އެކި އިވެންޓްތައް ބާއްވާ ފަރާތްތަކުންވެސް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.